މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޕްރޫވަލް ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ބާޠިލްކުރުމާ ބެހޭ

އިޢުލާން

އެމްޕްލޯއިމަންޓް އެޕްރޫވަލް ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ބާޠިލްކުރުމާ ބެހޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންނަށް ދޫކޮށްފައިވާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ބާޠިލްކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅަމުންދާކަން ފާހަގަކުރެވެއެވެ. އެފަދަ ހުށަހެޅުން ބާޠިލްކުރުމަށް ބޭނުންވާ ސަބަބުކަމުގައި އެފަރާތްތަކުން ފާހަގަކުރަމުންގެންދާ ކަންކަމުގެ ތެރޭގައި؛

  1. ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޮޅުމަކުން "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކުރުމަށް ހުށަހެޅުން
  2. ބިދޭސީން ޗުއްޓީއަށް ފުރައިގެން ދިއުމުން އޮޅުމަކުން އެމްޕްލޯއިމަންޓް އެޕްރޫވަލް ބާޠިލްކުރުމަށް ހުށަހެޅުން
  3. ބިދޭސީން ފުރައިގެން ދިޔުމުން "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކުރުމަށް ހުށަހަޅާފައިވަނިކޮށް އެފަރާތްތަކުން އެ "އެމްޕްލޯއިމަން އެޕްރޫވަލް" ގެ ދަށުން ވަޒީފާ އަދާކުރުމަށް އަނބުރާ ރާއްޖެ އައުމަށް ބޭނުންވުން
  4. "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކުރުމަށް ހުށަހަޅާފަހުން އެ ބިދޭސީން ފުރި ދުވަހާ ހަމައަށް ވިޒާ ފީ ނުދައްކާ ހުރިކަން ފާހަގަ ކުރެވުމުން އެ ހުށަހެޅުން "އިންކޮމްޕްލީޓް" ކޮށްދިނުމަށް އެދުން

"އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު މި މިނިސްޓްރީން ޢަމަލުކުރަމުންގެންދާނީ މިހާރުވެސް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކުރުމުގައި ޢަމަލުކުރަމުންގެންދާ އުޞޫލުން، މޯލްޑިވްސް އިމިގްރޭޝަނުން ބޯޑަރުގެ މަޢުލޫމާތު ލިބުމުން ކަމުގައި ދެންނެވީމެވެ. އަދި "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކޮށްދިނުމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، އެ ހުށަހެޅުން ބާޠިލްކޮށް ނުދެވޭނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

  ‏15‏ ޞަފަރު ‏ 1441

15 އޮކްޓޫބަރު 2019
ހޯދާ