އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލްގެ ޓެކްނިކަލް އޮފިސަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފެއް ހޯދުމާބެހޭ

 
 

ނަންބަރު: IUL)345-CAA/345/2019/44)

 

 

 

 

އިޢުލާން

މަޤާމް:ޓެކްނިކަލް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:01 ( އެކެއް )

މުއްދަތު: 1 އަހަރު ދުވަހުގެ މުއްދަތައް.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

މުސާރަ: މަހަކު -/4400 (ހަތަރުހާސް ހަތަރުސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަސައްކަތަށް ނިކުންނަ ދުވަހަކަށް -/100 (ސަތޭކަ ރުފިޔާ)

 

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • މިކައުންސިލުން މީޑިއާނެޓާއި ގުޅިގެން ހިންގަމުންދާ ކޭބަލް ޓީވީގެ ޚިދުމަތައް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ކުރަންޖެހޭ ކުދި މަރާމާތުތައް ކުރުން.
  • މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ވޭސްޓް މެނޭޖްމަންޓް މުވައްޒަފުންގެ މަސައްކަތް ހިނގާ ގޮތް ބަލާ ސްޕަވައިޒް ކުރުން.
  • ޕިކަޕް ދަތުރުތަކުގެ ޝެޑިއުލް ހަމަޖެއްސުން.
  • ބަނދަރު ހަޓުން ފެނާއި ކަރަންޓްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.

3-      ސްކޫލެއްގައި އުޅެފައިވާނަމަ، ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ.

4-      ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ލިބިފައިވާ ތަޢުލީމާއި، ތަމްރީނު

2-      ލިބިފައިވާ މަސައްކަތު ތަޖުރިބާ

3-     ލިބިފައިވާ ހުނަރު

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިންޓަވިއުކުރުން: މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 21 އޮކްޓޫބަރު 2019 އާއި 31 އޮކްޓޫބަރު 2019 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  • 30 އިންސައްތަ.

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

13 އޮކްޓޫބަރު 2019
ހޯދާ