މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ (ލޭންޑް އެންޑް ބިލްޑިން) - ކޮންޓްރެކްޓް

(ސިވިލް އިންޖިނިއަރ (ލޭންޑް އެންޑް ބިލްޑިން

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

ލޭންޑް އެންޑް ބިލްޑިންގ/ މާލޭ ސިޓީ ކައުންސިލް އިދާރާ/ މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު : 7035.00 ރުފިޔާ

މުސާރަ:

މަހަކު: 3500.00 ރުފިޔާ

ސަރވިސް އެލަވަންސް: 

މަހަކު: 1969.00 ރުފިޔާ

ޓެކްނިކަލް ކޯރ އެލަވަންސް

(އިތުރުގަޑީގައި މަސައްކަތްކުރާނަމަ  ފައިސާ ދެވޭނީ މުސާރައިގެ %70 އަށްވުރެ އިތުރު ނުވާގޮތެއްގެ މަތިންނެވެ).

އިތުރުގަޑި:          

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 8.00 ން 16.00 އަށް

މަސައްކަތު ގަޑި:

 

  1. ކުރެހުން ޗެކް ކުރުން.

  2. މާލޭ އަދި ވިލިނގިލީގައި ޢިމާރާތްކުރެވޭ އުސްމިން ބެލުން.

  3. ކޮންސްޓްރަކްޝަން ސައިޓްގައި މައްސަލައެއް ދިމާވުމުން އެ ސައިޓް ޗެކްކުރުން އަދި ގެއަކަށް ގެއްލުމެއް ދިމާވުން އެ ގެއެއް ނުވަތަ ތަނެއް ޗެކްކުރަން ދިއުން.

  4. ސައިޓް ރިޕޯޓް ތައްޔާރުކުރުން.

  5. އެޕްރޫވް ޑްރޯވިންގ ލިސްޓް އަޕްޑޭޓް ކުރުން.

  6. ޢިމާރާތްކުރުމުގެ ހުއްދަތައް ޗެކްކުރުން.

  7. ޢިމާރާތަށް ބަދަލުގެނުއުމުގެ ހުއްދަތައް ޗެކްކުރުން.

  8. އާކުރާ ޢިމާރާތްކުރުމުގެ ހުއްދަތައް ޗެކްކުރުން.

  9. ވަކިކަމަކަށް ޢިމާރާތްބޭނުންކުރުމުގެ ހުއްދަ ޗެކްކޮށް، ވަކިކަމަކަށް ޢިމާރާތްބޭނުން ކުރާ ތަންތަނުގެ އޭރިއާ ނަގައިދިނުން.

  10. އާކިޓެކްޓް އަދި އިންޖިނިއަރގެ ޕްރޮޖެކްޓް ވެރިފިކޭޝަންގެ ކުރެހުންތައް ޗެކްކޮށް މެއިލްއަށް ރިޕްލައިކުރުން.

  11. އެޕްރޫވް ކުރެވިފައިވާ ކުރެހުންތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

  12. ޤާނޫނާއި ޤަވާޢިދާ ޚިލާފުނުވާގޮތަށް ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސިވިލް އިންޖިނިއަރިން، އާރކިޓެކްޗަރ، ބިލްޑިންގް ކޮންސްޓްރަކްޝަން، އަދި މިނޫންވެސް ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުން ހުރި ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް         

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ     ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް   ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް     މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު    %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިއުންތައް ހުށަހަޅާނީ 23 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ  މައްޗަންގޯޅި އޮފީހަށެވެ. މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު  އޮންނާނީ  27 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ އޮފީސް) ގައެވެ. އިންޓަރވިއުކުރުން:

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ hr@malecity.gov.mv އަށެވެ.

14 އޮކްޓޫބަރު 2019
ހޯދާ