މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ ސަރަޙައްދުން މަސްކައްކާ ހިއްކުމަށާއި، ގުދަން އެޅުމަށް ބިން ދޫކުރުމާއި ބެހޭ

                                     ނަންބަރު:   IUL)321/321/2019/133)

އިޢުލާން

 ސިނާއީ ސަރަޙައްދުން މަސްކައްކާ ހިއްކުމަށާއި، ގުދަން އެޅުމަށް ބިން ދޫކުރުމާއި ބެހޭ

ރަށުގެ ސިނާއި ސަރަޙައްދުން މަސްކައްކާ ހިއްކުމަށާއި، ގުދަން އެޅުމަށް ބިންދޫކުރުމަށް ފުރުސަތު ހުޅުވާލާ މިއިދާރާއިންކުރި ނަންބަރު 321A/321/2019/125 އިޢުލާނުގައިވާ ގޮތުގެމަތީން އެބިންތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 2019 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހެވެ. ނަމަވެސް އެސަރަޙައްދުން މަސްކައްކާ ހިއްކުމަށާއި ގުދަން އެޅުމަށް ކުރިން ބިން ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ގޮތަށް ބައެއް ބަދަލު ގެންނަން ޖެހުމުގެ ސަބަބުންނާއި އަދި އެބަދަލު ކަމާބެހޭ މިނިސްޓްރީން އެޕްރޫވް ކުރަންދެން،  މިއިދާރާގެ ނަންބަރު A-321/321/2019/125 (24/09/2019) އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިބައްދަލުވުން ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެ ވާހަކަވެސް ދަންނަވަމެވެ.

 

                15   ޞަފަރު      1441

14 އޮކްޓޫބަރު 2019
ހޯދާ