ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ޕްރީސްކޫލް ފުރާޅުން ނެއްޓި ޓިނުތައް ނީލަންކިޔިޔުން

ކިނބިދޫ ޕްރީސްކޫލް ފުރާޅުން ނެއްޓި ޓިނުތައް ނީލަންކިޔިޔުން

      ކިނބިދޫ ޕްރީސްކޫލްގައި ޖަހާފައިހުރި ޓިނުތައް ބައުވެ ފޫވެއްޓުމާ ގުޅިގެން އަލުން އެ ފުރާޅުގައި ޓިނުޖެހުމަށްފަހު ކުރިން ޖަހާފައިހުރި ޓިނުތައް ނީލަންކިއުން 19 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު  9:00ގައި ކިނބިދޫ ޕްރީސްކޫލްގައި އޮންނާނެއެވެ.

އަދި ދަންނަވަމެވެ. މީގެ ކުރިން ނީލަމުން ތަކެތި ނަންގަވައި ފައިސާނުދައްކަވާ ހުރި އެއްވެސް ފަރާތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނީލަމުން ނަންގަވާ ތަކެތި ގެންދެވޭނީ ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ކިޔަމުންދާއިރު ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.  

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                  11  ޞަފަރު    1441                        

                  10  އޮކްޓޯބަރ   2019   

10 އޮކްޓޫބަރު 2019
ހޯދާ