މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފައިޓޯސެނިޓަރީ ނުލިބިއްޖެ ހާލަތެއްގައި ހެލްތު ސެޓްފިކެޓް ބަލައިގަތުމާއި ގުޅޭ

އިޢުލާން

              މިއޮތޯރިޓީގެ ނޫސްބަޔާން ނަމްބަރު: 182-FCD/NB/2018/06 ގައިވާ ގޮތުގެމަތިން ޕޯޓް ތަކުގައި ޤާއިމުކޮށްފައިވާ ބޯޑާރކޮންޓުރޯލް ޔުނިޓުތަކަށް ޔޫރަޕުގެ ޤައުމުތަކުން މޭވާއާއި ތަރުކާރީ އެތެރެކުރާ ފަރާތްތަކުން ހުށައަޅަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހޯދުމުގައި ދަތިތައް ދިމާވާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަ ކުރެވިފައެވެ.  ވީމާ، ފައިޓޯސެނިޓަރީ ސެޓްފިކެޓް ނުލިބިއްޖެ ހާލަތެއްގައި ހެލްތް ސެޓްފިކެޓް ބަލައިގަންނާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2019
ހޯދާ