ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
2019 އޮކްޓޯބަރ 25 ން 28 އަށް ސީޝެލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްރިއޯލް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު

މަތީގައި ދެންނެވިފައިވާ ފެސްޓިވަލްގައި ރާއްޖޭގެ ސަޤާފީ ކުޅިވަރުގައި ހިމެނޭ ތަފާތު ހަތަރު ވައްތަރެއްގެ ނެށުން، ލައިވް ބޮޑުބެރާ ލަވަކިޔުމާއެކު، ހުށަހަޅާދޭނެ 12 މެމްބަރުންގެ ދެ ޖިންސުގެ ފަންނުވެރިން ހިމެނޭ ގްރޫޕެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގްރޫޕްތަކުން، ގްރޫޕްތަކުގެ ހުށަހެޅުންތައް ދައްކުވައިދޭ ވީޑިއޯ ނުވަތަ ޔޫޓިޔުބް ލިންކް ހިމަނުއްވާ ޕްރޮޕޯސަލް 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ. ހުށަހެޅުންތަކުގެ ތެރެއިން ފެސްޓިވަލްގައި ބައިވެރިވާނެ ގްރޫޕެއް ކަނޑައަޅާނީ މިސެންޓަރުން އެކުލަވާލާފައިވާ ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހުގައެވެ. މިގޮތުން، އިވެލުއޭޓް ކުރުމުގައި ބެލެވޭނެ ކަންތައްތައް ތިރީގައި މިވަނީއެވެ. އަދި މިދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މިސެންޓަރުންކަމުގައި ދެންނެވީމެވެ.

#

އިވެލުއޭޓް ކުރާނެ ކަންކަން

މާކްސް

1

ބެރު ޖެހުމާއި ލަވަކިޔުމުގެ ހުނަރު

30%

2

ނެށުމުގެ ހުނަރު

30%

3

ދިވެހި ސަގާފީ ގޮތްތަށް އެކުލެވިގެންވާ މިންވަރު

20%

4

ދާއިރާއިން ލިބިފައިވާ ތަޖުރިބާ

10%

5

ގްރޫޕްގެ ކޮސްޓިއުމް

10%

10 އޮކްޓޫބަރު 2019
ހޯދާ