މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯރ ވޮލީކޯޓެއް ތަރަށްގީ ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 އިއުލާން

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަ ތަކެތީގައި އައުޑޯރ ވޮލީކޯޓެއް  ތަރަށްގީކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

 

  • މަޢުލޫމާތު ދިނުމުގެ ސެޝަން: 14 އޮކްޓޯބަރ 2019 ވާ  ހޯމަ ދުވަހުގެ 10:00 އަށް މިކައުންސިލްގެ ޖަލްސާކުރާމާލަމުގައި
  • އަންދާސީ ހިސާބު ހުށަހެޅުން: 24 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލް ޖަލްސާ ކުރާމާލަމުގައި

 

  1. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

  1. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

  1. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "އައުޓްޑޯރ ވޮލީކޯޓް ތަރަށްޤީކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
10 އޮކްޓޫބަރު 2019
ހޯދާ