މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީގެ ނަމްބަރު  (IUL)30-PMU1/30/2019/214 (24 ސެޕްޓެމްބަރ 2019) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. މި އިޢުލާނުގެ މުއްދަތު ވަނީ 3 އޮކްޓޯބަރު 2019 އަށް ހަމަވެފައެވެ. ނަމަވެސް މިމަޝްރޫޢުގައި މީހުން ބައިވެރި ވުމުގެ ފުރުޞަތު ގިނަ ފަރާތްތަކަށް ހުޅުވާލުމުގެ މަޤްޞަދުގައި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު 17 އޮކްޓޯބަރު 2019 އާއި ހަމައަށް  އަލުން ހުޅުވާލަމެވެ. ކުރިން ކުރެވުނު ނަމްބަރު (IUL)30-PMU1/30/2019/214 އިޢުލާނާއި ގުޅިގެން  ފޯމު ހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެކަން އަންގަމެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ވަރލްޑް ބޭންކާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ މަޤްޞަދަކީ އިޤްތިޞާދު ކުރިއެރުވުމާއި އާމުދަނީ އިތުރުކުރުމާއި ވަޒީފާ އުފެއްދުމުގެ (ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް) ވަސީލަތެއްގެ ގޮތުގައި، އަމާޒުކުރެވޭ އަތޮޅުތަކެއްގައި މެރިކަލްޗަރ ތަރައްޤީކުރުމެވެ. ކޮށީގައި ފާނަ ބޮޑުކުރުމުގެ އަޖުމަ ބެލުމުގެ މަޝްރޫޢު ހިންގުމަށް ގަސްދުކުރެވިފައި ވަނީ  އަރިއަތޮޅު ދެކުނު ބުރީގައެވެ. މި މަޝްރޫޢު ހިނގާނީ 2019 ސެޕްޓެމްބަރުން ފެށިގެން 18 މަސްދުވަހުގެ މުއްދަތަށެވެ. މަޝްރޫޢުގެ ނަތީޖާއަށް ބަލައި ފާނަ ބޮޑުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވޭނެއެވެ. 

ފާނަ ބޮޑުކުރުން ތަޖްރިބާކުރުމުގެ މަޝްރޫޢުގު ދަށުން ފާނަ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީގެ ގޭބިސީތަކަށް  ހުޅުވާލަމެވެ. މިކަމަށް، ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތި، މި ހަތަރު ރަށުންކުރެ ރަށެއްގެ ރައްޔިތަކަށް ވުމާއި، ވޭތިވެ ދިޔަ 5 އަހަރު މި ހަތަރު ރަށުންކުރެ ރަށެއްގައި ދިރިއުޅެމުން ދިއުމާއި، 18 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުގެ މީހަކަށް ވުމާއި، ކުރިމަތިލާ ފަރާތުގެ ގޭބިސީއަކީ  ހުސް ފިރިހެނުން އުޅޭ ގޭބިސީއަކަށް ނުވުމެވެ. 

ފާނަ ބޮޑުކުރުމުގެ މަސައްކަތަށް ޖުމުލަ 20 ގޭބިސީ މަތީގައި ދެންނެވުނު ރަށްތަކުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ 4 ރަށުންކުރެ ކޮންމެ ރަށަކުން 5 ގޭބިސީގެ މަގުންނެވެ. ކޮންމެ ގޭބިސީއަކަށް 1 ފާނަ ކޮށި ދޫކުރެވޭނެއެވެ. ފާނަ ކޮށީގެ އިތުރަށް، މަޝްރޫޢުގެ ފަރާތުން ކޮށި މަރާމާތުކުރާ ތަކެއްޗާއި، ބޮޑުކުރުމަށް ކުދި ފާނައާއި، ފާނައިގެ ކާނާގެ އިތުރުން ކާނާ ރައްކާކޮށްފައި ބެހެއްޓުމަށާއި ކޮށްޓަށް ގޮސް އައިސް ހެދުމުގެ ޚަރަދު ހަމަޖެއްސުމަށް ފައިސާގެ އިނާޔަތެއް ދެވޭނެއެވެ. 

ފާނަ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުން ފާނަ ކޮށްޓަށް ގޮސްއައިސް ހަދަންޖެހޭނެއެވެ. އަދި ކޮށި މަރާމާތުކޮށް ބަލަހައްޓައި، ފާނައިގެ ކާނާ ރައްކާކޮށް، ފާނައަށް ގަވާއިދުން ކާންދީ ހަދަންޖެހޭނެއެވެ. ފާނަ ބޮޑުކުރުމުގެ ތަޖުރިބާކުރުމުގެ މަޝްރޫޢު ނިމުމުން ފާނަ ބޮޑުކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭން ރަނގަޅަށް މަސައްކަތް ކޮށްފައިވާ، އަދި 

މުސްތަޤްބަލުގައި ފާނަ ބޮޑުކުރުމުގެ މަސައްކަތުގެ ދެމިތިބޭން ބޭނުންވާ ފަރާތްތަކަށް، ފައިސާދައްކަން ނުޖެހޭ ގޮތަށް ފާނަ ކޮށި މިލްކުކޮށްދެވޭނެއެވެ. އަދި ބޮޑުކުރެވޭ ފާނަތައް ވިއްކާލައިގެން އެފަރާތްތަކުން އާމުދަނީ ހޯދޭނެއެވެ.

ވީމާ، ފާނަ ބޮޑުކުރުމުގެ ތަޖުރިބާކުރުމުގެ މަސައްކަތުގައި ބައިވެރިވާން އެދޭ ޝަރުތު ހަމަވާ ފަރާތްތަކުން، ފާނަ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށް ފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ އެހެން ލިޔެކިޔުންތަކާއިއެކު، އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް، ދަނގެތި، މި ހަތަރު ރަށުން ކުރެ އެފަރާތެއް ނިސްބަތްވާ ރަށުގެ ކައުންސިލް ގެއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ  17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އެވެ. 

ގޭބިސީން ފާނަ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތާއި، ފާނަ ބޮޑުކުރުމާއި ބެހޭ އިތުރު މަޢުލޫމާތު ފޯމުގައި ބަޔާން ކުރެވިފައިވާނެއެވެ. މަސައްކަތަށް ހޮވޭނީ ކޮންމެ ރަށަކުން ވެސް އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތެވެ. ފާނަ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެދޭ ފޯމު މަސައްކަތް އަމާޒުކުރެވޭ ރަށް ރަށުގެ ކައުންސިލުތަކުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ނަމަ މިމިނިސްޓްރީގެ 3322242 އަށް ގުޅުއްވުންއެދެމެވެ.

09 އޮކްޓޫބަރު 2019
ހޯދާ