އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް މިރަށުން ދޫކޮށްފައިވާ ބިންތަކާއި ދިރިއުޅުމަށްޓަކާ ދޫކޮށްފައިވާ ގޯތިތަކާއި މިތަންތަނާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައްސާފުކުރުމާއިގުޅޭ

       އެކިއެކި ބޭނުންތަކަށް މިރަށުން ދޫކޮށްފައިވާ ބިންތަކާއި ،ދިރިއުޅުމަށްޓަކާ މިރަށުން ދޫކޮށްފައިވާ ގޯތިތަކާއި  މިތަންތަނާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުނުކޮށް ހުންނަކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެތެރޭގައި ހިމެނެނީ ސަރުކާރުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކާއި ރައްޔިތުންގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކާއި ކުލީ ބިންތަކާއި ،ދަނޑުބިންތަކާއި ، ވަގުތީގޮތުން އެކިއެކިބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި ކުޅިވަރުބިންތައްފަދަ ހުރިހާ ބިންތަކެކެވެ

       ސާފުތާހިރުކަން ކުޑަވުމުންނާއި މަދިރީގެ ސަބަބުންޖެހޭ ބަލިތައް ވަރަށް ގިނައިން މިރަށުގައިދަނީ ފެތުރެމުންނެވެ. އަދި ފަހަކަށް އައިސް މިފަދަ ބަލިތައް މިރަށުން އެއްގޮތަކަށްވެސް ނުފިލާ ބަލިތައް ގިނަވަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. 

       ވީމާ، އެކިއެކި ބޭނުންތަކަށް މިރަށުން ދޫކޮށްފައިވާ ބިންތަކާއި ،ދިރިއުޅުމަށްޓަކާ މިރަށުން ދޫކޮށްފައިވާ ގޯތިތަކާއި  މިތަންތަނާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް 2019 ނޮވެމްބަރ 15 ވަނަ ދުވަހުގެ ކުރިން ސާފުކުރުމަށް އަންގާ އިޢުލާން ކުރީމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް މިދެންނެވި ބިންތަކާއި،މަގުތަކާއި ގޯޅިތައް ސާފުކޮށް ނިމުމަށްފަހު ދާއިމީ ގޮތެއްގައި މިތަންތަން ސާފުކުރަމުން ގެންދިއުމަށްވެސް އެންގީމެވެ.

       އަދި ދަންނަވަމެވެ. 2019 ނޮވެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ސާފުނުކޮށްހުރި ބިންތަކާއި،މަގާއި ގޯޅިތައް ގުޅިފައިވާ ގޯތިތަކުގެ ވެރިފަރާތް ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން ޖުރިމަނާ ކުރެވޭނެ އެވެ. އަދި 2019 ނޮވެމްބަރ މަހުންފެށިގެން 6 މަހުން 6 މަހުން ބިންތަކާއި، މަގުތައްބަލާ ޗެކް ކުރުމަށްފަހު ސާފުނުކޮށް ހުންނަ ފަރާތްތައް ޖުރިމަނާ ކުރަމުންގެންދާނެކަންވެސް ދަންނަވަމެވެ. 

       ގޯތީގެ ވެރިފަރާތް ނިޔާވެފައިވާނަމަ އެގޯއްޗާއި މަގު ސާފު ނުކޮށް އޮތުމުގެ ސަބަބުންކުރެވޭ ޖުރިމަނާ ކުރެވޭނީ ގޯތީގެ ވެރިފަރާތުގެ ވާރިސުންނެވެ. 

ބިންތަކާއި ގޯތިތަކާއި މަގާއި،ގޯޅިތައް ސާފުކޮށްފައިބާއްވަންޖެހޭ މިންގަނޑު

-     މަގުތަކާއި ގޯޅިތައް : މަގުތަކާއި ގޯޅިތައް އޮންނަންވާނީ ރީތިކޮށް ކުނިކަހާ ސާފުކޮށް ކުނިނަގާ ފައެވެ. އަދި މީގެ އިތުރުން މަގުމަތީގައި ގަލާއި ދަރު އަދި މިނޫންވެސް މިފަދަ އެއްވެސް އެއްޗެއްބަހައްޓާފައި ހުރެގެން ނުވާނެ އެވެ.  

-     ގޯތިތައް : ގޯތިތައް ސާފުކުރުމުގައި ގޯއްޗާއި އިންވެގެން ވަށައިގެންހުރި ބިންތަކާއި ގޯތިތަކަށާއި، މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އުނދަގޫ ނުވާނޭ ގޮތުގެމަތިން ގޯތިސާފުކުރުމާއިއެކު ފެންހަރުލާ މަދިރި ފަނި އުފެދޭ ފަދަ އެއްވެސް އެއްޗެއް ނުބެހެއްޓުން .

-     ބިންތައް : ބިންތައް ސާފުކުރުމުގައި ބިމާއި އިންވެގެން ވަށައިގެންހުރި ބިންތަކާއި ގޯތިތަކަށާއި، މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އުނދަގޫ ނުވާނޭ ގޮތުގެމަތިން ބިންސާފުކުރުމާއިއެކު ފެންހަރުލާ މަދިރި ފަނި އުފެދޭ ފަދަ އެއްވެސް އެއްޗެއް ނުބެހެއްޓުން .

އެކިއެކި ބޭނުންތަކަށް މިރަށުން ދޫކޮށްފައިވާ ބިންތަކާއި ،ދިރިއުޅުމަށްޓަކާ މިރަށުން ދޫކޮށްފައިވާ ގޯތިތަކާއި  މިތަންތަނާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުނުކުރާނަމަ ޖުރިމަނާ ކުރަމުން ގެންދާނެ ގޮތުގެ ތަފްޞީލް

-  ފުރަތަމަ ފަހަރު -/500 ރ ( ފަސް ސަތޭކަ ރުފިޔާ ) އިން ޖުރިމަނާކުރުން

 -     ދެވަނަ ފަހަރު -/1000 ރ ( އެއްހާސް ރުފިޔާ ) އިން ޖުރިމަނާކުރުން

 -     ތިންވަނަ ފަހަރު -/1500 ރ ( އެއްހާސް ފަސް ސަތޭކަ ރުފިޔާ ) އިން ޖުރިމަނާކުރުން

 -     އިތުރުވާ ކޮންމެ ފަހަރު -/1500 ރ ( އެއްހާސް ފަސް ސަތޭކަ ރުފިޔާ ) އިން ޖުރިމަނާކުރުން

 -     އަދި ޖުރިމަނާ ފައިސާ ނުދައްކާ ނަމަ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން އެފައިސާ ހޯދުން

       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

08 އޮކްޓޫބަރު 2019
ހޯދާ