ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ގުޅޭ

ފަޅުތެރޭގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ނުނަގާ ހުރުމުގެ ސަބަބުން ބަނދަރަށް ލަފާ ފުރާ އުޅަނދުތަކަށް ފަޅުތެރެއިން ޖާގަ ދިނުމަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ފުވައްމުލަކު ބަނދަރު ބެލެހެއްޓުމުގެ ގަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) ގައި  ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ތޮށިގަނޑުކައިރީގައި ބޭއްވޭނީ ކައުންސިލުގެ ހުއްދައާއިއެކު، ގިނަވެގެން 5 (ފަސް) ދުވަސް ވަންދެންނެވެ. އަދި ކައުންސިލުން ހުއްދަ ދެވޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ.

ވީމާ، މިވަގުތު ފުވައްމުލަކު ބަނދަރުގެ ފަޅުތެރޭގައި އަޅާފައިވާ ބޭނުންނުކުރާތާ ގިނަދުވަސްވީ  އުޅަނދުފަހަރު 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ކުރިން ފަޅުތެރެއިން ނެގުމަށް އަންގާ އާންމުކޮށް އިޢުލާންކުރަމެވެ.

07 އޮކްޓޫބަރު 2019
ހޯދާ