މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

                                  އިޢުލާން

 

ކޯހުގައި ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ހިންގާ "ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ" ކޯހުގައި، ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމުގެ

ގޮތުން އިންސްޓިޓިއުޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކޯހުގެ ނަން:ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ

އެލަވަންސް:ގަޑިއަކަށް -/500 ރުފިޔާ (މެޓީރިއަލް ޑިވެލޮޕްކުރުމާއިއެކު)

މުއްދަތު:  4 ހަފުތާ

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ)

ކްލާސްތައް ބޭއްވޭ ގަޑިތައް: ހެނދުނާއި، ހަވީރު އަދި ރޭގަނޑު (އިންސްޓިޓިއުޓުން ކަނޑައަޅާ ގަޑިތަކުގައި)

ޝަރުތު:

  1. ސެޓްފިކެޓް ލެވެލް 2 އިން ފިޓްނަސް އިންސްޓްރަކްޓަރގެ ސެޓްފިކެޓް އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
  2. ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ސެޓްފިކެޓް ލެވެލް 2 ގެ ސެޓްފިކެޓް  އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން

ސިޓީ ހުށަހަޅަންޖެހޭ ތަނާއި ތާރީޚު:

ތަން : މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ) އަށެވެ.

ސުންގަޑި: 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ސިޓީ

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުއް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ)

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ)

-          މަސައްކަތު ތަޖުރިބާގެ ލިޔުންތައް

-          ވަނަވަރު

ނޯޓް:

  • އިންސްޓިޓިއުޓުގައި ރަޖިސްޓަރވާ ފަރާތްތަކަށް ކުރިއަށްއޮތް ތަނުގައި އިންސްޓިޓިއުޓުން ހިންގާ ފިޓްނަސް އިންސްޓްރަކްޓަރ ކޯހުގައި ކިޔަވައި ދިނުމުގެ ފުރުސަތު ދެވޭނެއެވެ.
  • ކޯހުގައި ކިޔަވައި ދިނުމަށް ފުރުޞަތު ދިނުމުގައި، ގުޅުންހުރި ދާއިރާގައި ކިޔަވަދެއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެން

 

06 އޮކްޓޫބަރު 2019
ހޯދާ