މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް (ވަގުތީ)

ނަރުހުންގެ މަގާމަށް މުވައްޒަފަކު ހޯދުމާއި ގުޅޭ :

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ވަގުތީގޮތުން ހުސްވެފައިވާ މަޤާމަށް ނަރުހުން ހޯދުމަށް ބޭނުންވެއެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މީހުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް(ވަގުތީ)

މަޤާމުގެ ނަންބަރު

J-298561

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން

ނަރސިންގ ޕްރޮފެޝަނަލްސް

ޑިވިޝަން / ސެކްޝަން

ނަރސިންގ ސަރވިސް     

މަޤާމު އޮތް އޮފީސް

މޯލްޑިވްސް ބްލަޑް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

 މޯލްޑިވްސް ބްލަޑް ސަރވިސް

މަގާމު

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ(

ރެޖިސްޓަރޑް ނަރސް

CS8-1 

ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9060  

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޑޯނަރުން ގައިން ރައްކާތެރިކަމާއިއެކު ލޭ ނެގުމުގައި އެހީތެރިވެދިނުމާއި، ޑޯނަރ ކެއަރ ރަނގަޅަށް ދިނުން.
  • ބްލަޑް ބޭންކުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބްލަޑްތައް ފޮނުވުމުގައި އެހީތެރިވެދިނުން.
  • ބްލަޑް ކޭމްޕް ދަތުރުތަކުގައި ބައިވެރިވުން، އަދި ލޭގެ ސްޓޮކް ބެލެހެއްޓުމާއި، މއްދަތު ހަމަވެގެން ނައްތާލަންޖެހޭ ލޭ ރައްކާތެރި ގޮތުގައި ނައްތާލުން.
  • ތެލެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ކުރިން ޕްލާސްމާ ވަކިކޮށް ޕެކްސެލް ތައްޔާރުކުރުން.
  • އޮޓޯކްލޭވް ކުރަންޖެހޭ ތަކެތި އޮޓޯކްލޭވްކޮށް، ތަނުގެ ސާފްތާހިރުކަން ބެލެހެއްޓުން.
  • ޑޯނަރުން ހޯދަން މަސައްކަތްކުރުމާއި، ޑޯނަރަކާއި ބެހޭގޮތުން ނުވަތަ އެހެން ގޮތަކުން ނަމަވެސް އާދަޔާ ޙިލާފްކަމެއް ހިނގައިފިނަމަ އެކަން ލަސްނުކޮށް ސްޕަވައިޒަރަށް އެންގުން.
  • ބްލަޑް ބޭންކް މަސައްކަތްތަކުގެ ރިޕޯޓްތަކާއި، ރެކޯޑްސްތައް ކޮންޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

  • ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒުވުން.
  • ބަލިމިހުނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން) ލިބިދާނެގެއްލުމެއް.
  • ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  • ބަލިމީހުންގެ ހަށިގަޑުން ބޭރުވާ ދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާއެއްޗެތި) ފަދަ ތަކެއްޗަށް އެކްޕޯޒުވުން.
  • ރޭޑިއޭޝަން (އެކްސްރޭ، ސީ.ޓީ ސްކޭން، އެމް.އާރު.އައި ސްކޭން) ފަދަ ތަކެއްޗަށް އެކްޕޯޒުވުން.
  • އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mv  އިން މި ފޯމް ޑައުންލޯޑު ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، ސެޕްޓެމްބަރ މަހު މި ސަރވިސަސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3321085 ނަންބަރު ފޯނަށެވެ.

08 އޮކްޓޫބަރު 2019
ހޯދާ