މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ވަޒީފާގެ ފުރުސަތު

މަޤާމް:

ޑްރައިވަރ

މުއްދަތު:

12 މަސްދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް

ބޭނުންވާ އަދަދު:

2

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން

ހުނަރުވެރިކަން:

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ:

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން ވެހިކަލްގައި ކުރަންޖެހޭ ދަތުރުތައް ކުރުން.
  2. ކޮންމެ ދުވަހަކު ހެނދުނު ދަތުރު ފެށުމުގެ ކުރިން ވެހިކަލް ރަނގަޅަށް ސާފުކޮށް ތެލާއި، އަޑީތެޔޮ އަދި ފެން ހަމަތޯ ބަލައި ޗެކްކޮށް ތެލާއި، ފެން ހަމަކުރުން.
  3. ވެހިކަލްގައި ކުރާ ދަތުރުތައް ފޮތެއްގައި ލިޔެ ބެހެއްޓުން.
  4. ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ފަހަރުގެ ޤަވާއިދާއި އެއްގޮތަށް ވެހިކަލްތަކުގައި ދަތުރުކުރުމާއި، ދަތުރުކުރުމަށް ބޭނުންވާ ހުރިހާ ވަގުތެއްގައި ދަތުރުކުރެވޭ ޙާލަތުގައި ވެހިކަލްތައް ބޭއްވުން.
  5. މިނިސްޓްރީއަށް ތަކެތި ހޯދުމުގައި ވެހިކަލްތަކުން ކުރަންޖެހޭ ދަތުރުތައްކުރުމާއިއެކު ތަކެއްޗާއި މީހުން އުފުލުމުގައި ބޭނުންވާ އެހީތެރިކަންދިނުން.
  6. ވެހިކަލްތަކުގައި މަރާމާތުކުރަންޖެހޭ ކަމެއް ހުރިތޯ ބަލާ ކަމާބެހޭ މުވައްޒަފުންނާއި ވާހަކަ ދައްކާ އެކަންކަން ރަގަޅުކުރުމާއި ވެހިކަލްތައް ސަރވިސް ކުރުވުން އަދި ވެހިކަލްތަކުގެ އަހަރީ ފީދެއްކި ސްޓިކާ އަދި ރޯޑްވާދިނަސް ސްޓިކާ މުއްދަތު ހަމަވުމުގެ ކުރިން ކަމާއިބެހޭ ސެކްޝަނާއި ގުޅިގެން ހޯދުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މުސާރައާއި އިނާޔަތްތައް: 

އަސާސީ މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ކުރިލަތިލުމުގެ ސުންގަޑި:

މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގައެވެ. ހުށަހަޅުއްވާ ސިޓީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް (ބޮޑުތަކުރުފާނު މަގު، މާލެ 20125) އެޑްރެސްކުރައްވައި ހަށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސީޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް "ޑްރައިވަރ – މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް"  މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ hr@trade.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

07 އޮކްޓޫބަރު 2019
ހޯދާ