ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފަންނު އެކްސްޕޯ 2019 ކުރިއަށްދާއިރު މަގުމަތީގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލުން (މުޅިން ހިލޭ)

ފަންނު އެކްސްޕޯ 2019 ކުރިއަށްދާއިރު މަގުމަތީގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލުން (މުޅިން ހިލޭ)

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގައި އެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިނާއި އޮގަނައިޒިންގ ވަނީ އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިގޮތުން މިއީ ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.

މިމައުރަޒާއި ގުޅިގެން މަގުމަތީގެ ބައެއް ހަރަކާތްތަކެއްވެސް މައުރަޒު ބާއްވާ ހަތް ދުވަހު ހިންގުމަށް ވަނީ ރޭވިފައިއެވެ. މިގޮތުން "ފަންނު އެކްސްޕޯ "2019 ކުރިއަށްދާއިރު މަގުމަތީގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެގޮތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

 

ފުރަތަމަ ގޮތް

ޔޫ.އާރް.އެލް މެދުވެރިކޮށް: bit.ly/fannustreetstall

 

ދެވަނަ ގޮތް

އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ބީ.ސީ.ސީގެ ހެޑް އޮފީހަށް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ފޮނުވައިގެން

 

މި ސްޓޯލްތަކަކީ އެއްވެސް އަގެއް ނެގުމަކާއި ނުލައި މައުރަޒު އިންތިޒާމް ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެތެރެއިން ހިލޭ ފޯރުކޮށްދޭ ސްޓޯލްތަކެކެވެ. މިކަމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ވަނަ ދުވަހުގެ 15:00 އެވެ. އެޓޭޗް ކުރެވިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބީ.ސީ.ސީގެ ހެޑް އޮފީހަށް ނުވަތަ [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

3 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

06 އޮކްޓޫބަރު 2019
ހޯދާ