ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ވެހިކަލް / މެޝިނަރީ ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                      ނަމްބަރު: GMIZL/IUL/PROC/2019/017

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ތިރީގައި ބަޔާންކުރެވިފައިވާ ވެހިކަލް / މެޝިނަރީ ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  ވީމާ، ވެހިކަލް / މެޝިނަރީ ގަނެ ސަޕްލައި ކޮށްދެއްވުމުގެ ތަޖްރިބާ އާއި ގާބިލްކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައި ދަޢުވަތު އަރުވަމެވެ.

ވެހިކަލް / މެޝިނެރީ

އަދަދު

އެކްސްކަވޭޓަރ 30000 ކޭޖީ

01

ވީލް ލޯޑަރ 13000 ކޭޖީ

01

ޑަމްޕް ޓްރަކް 15000 ކޭޖީ

01

ޑަމްޕް ޓްރަކް 5000 ކޭޖީ

01

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

06 އޮކްޓޯބަރ 2019 އިން 10 އޮކްޓޯބަރ 2019 އަށް

08:30 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

އާދިއްތަ

13 އޮކްޓޯބަރ 2019

13:30 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ބުރާސްފަތި

17 އޮކްޓޯބަރ 2019

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ބުރާސްފަތި

24 އޮކްޓޯބަރ 2019

10:30 ގައި

 

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 200,000.00 ރުފިޔާ (ދެލައްކަ ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ކާމިޔާބު ކުރައްވާ ފަރާތުން  ބޭންކް ގެރެންޓީ އެއް  ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.
  • ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ (ދިހަ އިންސައްތަ) ދައްކަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 03 އޮކްޓޯބަރ 2019

04 ޞަފަރު 1441

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                   Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                     Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514              Tel: 3307513, 3307515 Fax: 3307514

03 އޮކްޓޫބަރު 2019
ހޯދާ