އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
129 ލޯކަލް ކައުންސިލު އޮޑިޓު ކުރުމަށް، އޮޑިޓު ފާރމްތަކަށް ބީލަމަށް ހުޅުވާލުން

މި އޮފީހުން އޮޑިޓުކުރަންޖެހޭ 129 ލޯކަލް ކައުންސިލެއްގެ 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ، އޮޑިޓް ފާރމްތައް ބޭނުން ވެއްޖެއެވެ. މި 129 ކައުންސިލު މި އޮފީހުން ބަހާފައިވާނީ ދެ ބަޔަށެވެ. މި ދެ ބައިންކުރެ ކޮންމެ ބައެއް 3 ގްރޫޕަކަށް (ކްލަސްޓަރ) ބަހާފައިވާނެއެވެ. އެއީ، 30 އޮޑިޓުގެ 3 ގްރޫޕް އަދި 13 އޮޑިޓުގެ 3 ގްރޫޕެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާ ބައެއްގައި ހިމެނޭ 3 ގްރޫޕަށް ވަކިވަކިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެއެވެ.

މިކަމަށް ކުރިމަތި ލެވޭނީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓު ފާރމެއްގެ ނަމުގައެވެ. 30 ކައުންސިލުގެ ބައިގައި ހިމެނޭ ކައުންސިލުތައް އޮޑިޓުކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މި އޮފީހުން ލައިސަންސް ދީފައިވާ، 10 އަހަރުގެ ތަޖުރިބާހުރި ދިވެއްސަކާ އެކު ދާއިމީ 10 ދިވެހި މުވައްޒަފުން މަސައްކަތްކުރާ އޮޑިޓް ފާރމްތަކަށެވެ. 13 ކައުންސިލުގެ ބައިގައި ހިމެނޭ އޮޑިޓުތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މި އޮފީހުން ލައިސަންސް ދީފައިވާ، 5 އަހަރުގެ ތަޖުރިބާހުރި ދިވެއްސަކާ އެކު ދާއިމީ 5 ދިވެހި މުވައްޒަފުން މަސައްކަތްކުރާ އޮޑިޓް ފާރމްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 00:14 އަށް މި އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ވެސް ދެންނެވީމެވެ.

03 އޮކްޓޫބަރު 2019
ހޯދާ