މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުން (56.04)

c

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

    ރ. ދުވާފަރު، ދިވެހިރާއްޖެ                                  ނަމްބަރ: (IUL)304-EDS/304/2019/49

 

 

އިޢުލާން

 

ރ. ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:  

                     ރ. ދުވާފަރު 56.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ އޯސަންހަވީރު އަޙުމަދު ޙުސައިން ގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ޖައްސަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވުން އެދެމެވެ.

                     މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށްބަލައި، ރ. ދުވާފަރު 56.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ އޯސަންހަވީރު އަޙުމަދު ޙުސައިން ގެ ނަމުގައި ރަޖިސްޓްރީކޮށް ދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                     04 ޞަފަރު 1441

                     03 އޮކްޓޯބަރ 2019

 

 

 

                                                              މުޙައްމަދު ޖަމީލް

                                                       ރ. ދުވާފަރު ކައުންސިލްގެ މެންބަރ

 

03 އޮކްޓޫބަރު 2019
ހޯދާ