ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
96 ކޯރ ސިންގަލް މޯޑް ފައިބަރ ކޭބަލް ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް 96 ކޯރ ސިންގަލް މޯޑް ފައިބަރ ކޭބަލް ގަންނަން 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު 164/1/2019/89 (IUL)  އަށް މަޢުލޫމާތު ދިނުމާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ ހުށަހެޅުންތަކާއި ކޭބަލް މެނުފެކްޗަރަރގެ ރިކަމެންޑޭޝަންއަށް ރިޢާޔަތްކޮށް، ސްޕެސިފިކޭޝަންއަށް ބަދަލު ގެނެވިފައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޟަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ޕްރޮކިއުމަންޓް ސެކްޝަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3344000

އީ-މެއިލް:  [email protected]

 

 

‏03 ޟަފަރު 1441

‏02 އޮކްޓޯބަރ 2019

 

02 އޮކްޓޫބަރު 2019
ހޯދާ