ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މަރާމާތުކުރުން

އިޢްލާން

 

ވ.ތިނަދޫ ބަނދަރު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 ވ.ތިނަދޫ ބަނދަރު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ ބަނދަރުމަރާމާތު ކުރުމުގެ  މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 3 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހު މި އިދާރާ ބަންދު ވުމުގެ ކުރިން މި އިދާރާގެ ނަންބަރު 6700604 ފޯނާއި ގުޅުއްވައިގެން ނުވަތަ މި އިދާރާ އަށް ދުރުވެ މައުލޫމާތު ސާފުކުރއްވުމަށްފަހު 9 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 0011: ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގަ އެވެ. ސިޓީ އުރައިގެ ބެރުގައި "ވ. ތިނަދޫ ބަނދަރު މަރާމާތު ކުރުމަށް އެދި " މި ހެން ލިޔެފައި އޮންނަން ވާނެ އެވެ. ބަދަލުގައި އެހެން ބޭފުޅކު ވަދައި ގަންނަވާ ނަމަ އެމީހަކީ ކާކުކަން އެނގޭ ފަދަ ރަސްމީ ލިއުމެއް ހުށައްޅުއްވަންވާނެ އެވެ.

 

އަންދާސީ ހިސާބު ހުޅުވުން:

           އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ވ.ތިނަދޫ ކައުންސިލްގެ އިދާރާގައި އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

މާކްސް ދެވޭ ގޮތްތަށް: 

 

#

މާކްސް ދެވޭގޮތް

މާކްސްދެވޭ މިންގަނޑުތައް

ތަފްސީލް

01

%60

އަގު

ޚިދުމަތުގެ އަގަށްދެވޭ މާކްސް

މާކްސް ދެވޭނީ މިކައުންސިލްގެ ފެންވަރުކަނޑައަޅާ  ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ  ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ        އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ.

02

%25

މުށްދަތު

އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުށްދަތަށެވެ.

03

ތަޖުރިބާ

އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލް:

 

01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް    ޖަވާބުދެވޭނެއެވެ.

           

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

            30  މުޙައްރަމް   1441 ހ

            29  ސެޕްޓެމްބަރު  2019 މ 

30 ސެޕްޓެންބަރު 2019
ހޯދާ