މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

އިޢުލާން 

މަޤާމް:

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-246684

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ވަގުތު:

ހެނދުނު 08:00 ން މެންދުރުފަހު 14:00 ށް

މުސާރަ:

މަހަކު. 4465.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް   :2

މަހަކު  700.00ރުފިޔާ

 

އެހެނިހެން އެލަވަންސް

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮގްރާމެއް ފެށުމުގެ ކުރިން، އެޕްރޮގްރާމެއް ހިންގުމަށްޓަކައި ފޮނުވަންޖެހޭ ހުރިހާ ރަސްމީ ލިޔެކިއުމެއް މަދުވެގެން 2 ހަފްތާކުރިން ކަމާބެހޭފަރާތްކަށް ފޮނުވައި މަޢުލޫމާތު ހިއްސާކުރުން.
  2. އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގޭ ޓްރެއިނިންގ ތަކާއި އިންސްޓިޓިއުޓުން ހިންގޭ ކޯސްތައް ކޯޑިނޭޓުކޮށް ކުރިއަށް ގެންދިއުން.
  3. ހިންގަން ބޭނުންވާ ޙަރަކާތް ތަކާއިބެހޭ އަހަރީ ވޯކް ޕްލޭން ލަފާކުރާ ޚަރަދާއި އެކު ތައްޔާރު ކުރުމާއި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަމާއި ބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަން ހޯދާ އެކަންކަން ވިލަރެސް ކުރުން.
  4. ހިންގާ ޕްރޮގްރާމްތައް ރޭވުމާއި، ޕްރޮގްރާމް ހިންގުމަށް ފެސިލިޓޭޓަރުން ހޯދުމާއި ރާވާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  5. ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އެގޮތުން ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެޙަރަކާތެއް  ނިމޭތާ ގިނަވެގެން 1 ހަފުތާ ތެރޭގައި މަސައްކަތް ސްޕަރވައިޒްކުރާފަރާތައް ހުށަހަޅައި ގެންނަން ފެންނައިސްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެމަތިން ގެނައުމާއި ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްޕަވައިޒަރާއި ޙިއްސާކުރުން.
  6. ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން / ފެސިލިޓޭޓަރުންގެ އެގްރިމެންޓްގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް އޮންނައުޞޫލުގެމަތީން ބަޖެޓަށް ފޮނުވުން.
  7. ދަރިވަރުންގެ އަޚްލާޤާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، ދަރިވަރުންނާއި ބައްދަލުކޮށް އެކުދިންނަށް ދިމާވާ މައްސަލަތައް އިސްވެރިއެއްގެ އިރުޝާދާއެކު ހައްލުކުރުމާއި ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި އެކަން ހައްލުކުރުން.
  8. ނަތިޖާ ފޯމް، ދަރިވަރުންނާއި ހަވާލުކުރަންޖެހޭ ދުވަހަށް ހަވާލުކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 09 އޮކްޓޯބަރ 2019 އާއި 10ނޮވެމްބަރ 2019  އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ނޯޓް:

ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

  30 މުޙައްރަމް 1441                                    

29 ސެޕްޓެންބަރު 2019
ހޯދާ