މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވަނައިލް ޖަސްޓިސް ޔުނިޓަށް ފޮތްތަކެއް ޗާޕްކުރުން

`

                                   

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

 

    މާލެ، ދިވެހިރާއްޖެ.                               ނަމްބަރ: IUL10-F/10/2019/118

 

އިޢުލާން

           މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްއަށް ތިރީގައި މިދަންނަވާ ފޮތްތައް ޗާޕް ކުރުމަށް ކުރެވުނު ނަންބަރ: (IUL)10-F/10/2019/113 (12 ސެޕްޓެންބަރު 2019) އިޢުލާނާއި ގުޅިގެން ބިޑް ސަމްބިޑު ކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތުން ކަމަށްވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.   

1-      ޖުވަނައިލް ޖަސްޓިސް ޓްރެއިނިންގ ބުކްލެޓް

2-      ޤާނޫނާ ޚިލާފުވާ ކުދިންގެ ރިޕޯޓް

3-      ހަރުދަނާ މައިންބަފައިންގެ ތަމްރީން

4-      ވިއަވަތި ބުރޯޝާ

5-      ވިއަވަތި ފޮތްބައި (އިސްލާމް އަދި ޤާނޫނީ ހޭލުންތެރިކަން)

             ވީމާ، މަތީގައިވާ ފޮތްތައް ޗާޕް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2019 ވާ ހޯމަ  ދުވަހުގެ 13:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޫބަރު 2019 އަންގާރަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

24 ސެޕްޓެންބަރު 2019
ހޯދާ