ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ ހުކުރު މިސްކިތުގައި ކާޕެޓް އެޅުން

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                  ފެލިދެއަތޮޅު ފެލިދޫ ހުކުރު މިސްކިތުގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ތިރީގައިވާ ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ފެލިދޫކައުންސިލް ޢިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  6700720 ނުވަތަ 7710469 އަށެވެ.

 

އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޮންމެ އައިޓަމެއްގެ އަގު ވަކިން އެނގޭނޭހެން ހުށަހަޅަންވާނެއެވެ.
  • ޖީ.އެސް.ޓީއަށް ވާ އަގު ވަކިން އެނގޭނޭހެން ޖުމުލަ އަގު ހުށަހަޅަންވާނެއެވެ.
  • އެސްޓިމޭޓްގައި ޕޭމަންޓް ޓާރމް ބަޔާންކޮށްފައި އޮށްނަންވާނެއެވެ.
  • އަންދާސީހިސާބު ހުށައަޅުއްވާއިރު ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާތިލްކުރުމުގެ އިހްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

ހުށައެޅޭ އަގުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް:

  • 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ވޮރަންޓީއަށް (އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ތަޖުރިބާ (ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި ސަޕްލައި ކޮންދިނުމަށް އެންމެ ގިނަ ޕޮއިންޓް) ސަޕޯޓިން ލިޔުންތަކަށް ބަލާފައި.

 

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓިއުރައިގެ ބޭރުގައި "ފެލިދޫ ހުކުރު މިސްކިތުގައި ކާޕެޓް އެޅުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަމްބަރ 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

 

25 މުހައްރަމް 1441

24 ސެޕްޓެމްބަރ 2019

24 ސެޕްޓެންބަރު 2019
ހޯދާ