އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

 

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހެދުމާއިއެކު ހިންގަދޭނެ ފަރާތެއް ހޯދުމަށް 2 މޭ 2019 ވަނަ ދުވަހު ކުރެވުނު ނަންބަރު: IAS/MIS/2019/1157 ވަނަ އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. ކެފޭ ހިންގުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަދަލުވުމުގެ ސަބަބުން އިސްވެ ބަޔާން ކުރެވުނު އިއުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ބަޔާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  30 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ސެޝަން 17 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

23 ސެޕްޓެންބަރު 2019
ހޯދާ