މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ތަކެތި ވިއްކާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު ދިވެހިރާއްޖެ                                                                                                            ނަމްބަރ:331/331/2019/49(IUL)

އިޢުލާން

 

                   ތިރީގައި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

#

ބާވަތް

ޢަދަދު

ފެށޭއަގު

މަދުވެގެންފަހަރަކު އިތުރުކުރެވޭ ޢަދަދު

1

އެންޓަނާ 280 ފޫޓް، ބައިތަކާއެކު

1

-/35000

-/1000

2

ފެންޕްލާންޓް މޯޓަރ

2

-/5000

-/500

3

ކޮންޓެއިނަރ 40 ފޫޓް

1

-/5000

-/500

 

                  

 

 

                  މި ނީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، 2019 ސެޕްޓެމްބަރ 23 ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ޖެހިޖެހިގެން 5 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.

                   ތިން އައިޓަމަށްވެސް އަގު ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ތަކެތި  ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6641941 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.

                    ވީމާ، ނީލަމުން ތަކެތި ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 ސެޕްޓެމްބަރ 23 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން އަގު ހުށަހަޅުއްވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އަގުތައް، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.

މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައި.ޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، [email protected] އަށެވެ.

22 ސެޕްޓެންބަރު 2019
ހޯދާ