މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ ރިޔާސީ ފްލީޓްގެ މަގާމުތަކަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއެވެ.

މަގާމު

މެކޭނިކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

2 (ދޭއް)

މުސާރަ

(މަހަކު) -/5020 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކަނޑާއި އެއްގަމުގެ ދަތުރުފަތުރު ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމާއި، އިންޖީނިއަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި ވޯކްޝޮފްގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި ސްޕްވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކަނޑު ދަތުރުފަތުރު ތަކުގައި ބައިވެރިވެ، އުޅަންދަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުމާއި، ކުރެވޭ މަސައްކަތްތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އުޅަނދުފަހަރާއި ތަކެތީގެ ސާފުތާހިރުކަން ދެހެމެހެއްޓުމަށް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • މި ދާއިރާގައި މެރިން އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ގާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަގާމު

ފަޅުވެރި

ބޭނުންވާ ޢަދަދު

4 (ހަތަރެއް)

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކަނޑުމަތީގެ ދަތުރުތަކުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް އިސްކަންދިނުން.
  • އުޅަނދުފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މިދާއިރާގައި ލޯންޗް ފަޅުވެރިއެއްގެގޮތުން 4 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

 

މަގާމު

ވޮޗަރ (ޖީ.އެސް-2)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

(މަހަކު) -/4000 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް ނުކައްކަލެއް ދިމާނުވާނެގޮތުގެމަތީން ސެކިއުރިޓީ ބެލެހެއްޓުން.
  • ވެހިކަލް ގަރާޖު ބޭނުންކުރާ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކްކުރުމާއި ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބެގެން ނޫނީ އިމާރާތުގެ ތެރެއަށް ވަދެއުޅުނަ ނުދިނުން.
  •   ސެކިއުރީޓީ ބެލެހެއްޓުމުގައި ސަލާމަތާއި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މި ދާއިރާގައި 4 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ސިއްހަތެއްގައި ހުރުން.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދު ދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2019 އޮކްޓޫބަރު 1 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާއަށްއެދި ހުށަހަޅުއްވާ ސިޓީތައް އީ މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

            23 މުޙައްރަމް   1441

22 ސެޕްޓެންބަރު 2019
ހޯދާ