މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
07 އޮކްޓޫބަރު 2019 ގައި ބިޒްނަސް ރައުންޑް ޓޭބަލް ބޭއްވުމަށް ކޮންފަރަންސް ފެސިލިޓީސް އަދި ކޭޓަރިންގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން 07  އޮކްޓޫބަރު 2019، ބިޒްނަސް ރައުންޑް ޓޭބަލްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި އިވެންޓުގެ ޓަރމްސް އޮފް ރެފަރަންސް ގައި ބަޔާން ކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަށް

މި އިވެންޓަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރަންސް މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުން ވެއްޖެނަމަ މި މިނިސްޓްރީއަށް އީމެއިލް  ([email protected])ކޮށްދެއްވުން އެދެމެވެ.

 

ހުށަހަޅަންވީ ތަކެތި:

  • ކުންފުނީގެ ޕްރޮފައިލް
  • ފައިނޭންޝަލް ޕްރޮޕޯސަލް (ޓީ.އޯ.އާރ އާއި އެއްގޮތަށް)
  • ޖީއެސްޓީއަށް ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓް ގެ ކޮޕީ
  • ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ

 

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް  އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު އެއްވަނަ ފަންގިފިލާގެ މީޓިންގ ރޫމްގަ އެވެ. ބިޑު ހުޅުވާނީ ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ބިޑް ހުޅުވުމުގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައިވާ އެޑްރެސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]/[email protected]

ވެބްސައިޓް: www.trade.gov.mv

 

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ގުޅުއްވާނީ 333159 އަށް ނުވަތަ [email protected]/[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

19 ސެޕްޓެންބަރު 2019
ހޯދާ