މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.އަތޮޅު ސްޓޭޓްހައުސްގެ މަރާމާތުކުރުން

  ނ. އަތޮޅު ސްޓޭޓްހައުސްގައި ކުރަންހުރި ބައެއްމަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް 3 ފަހަރުމަތިން ކުރެވުނު އިޢުލާންއާއި ގުޅިގެންވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީވެ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،03އޮކްޓޯބަރ2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

19 ސެޕްޓެންބަރު 2019
ހޯދާ