ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު 

މަޤާމު

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

 J-278229  

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

 ށ. އަތޮޅު ހޮސްޕިޓަލް  

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. އަތޮޅު ހޮސްޕިޓަލް   

މުސާރަ

 -/5610 ރުފިޔާ

ސަރވިސް އެލަވަންސް

 -/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވެންސް :2  -/700

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން
  2. މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތައްތަކުގައި އެހީތެރިވުން  
  3. އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން . އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން
  4. މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް އިސްވެރިޔާގެ ލަފާގެމަތިން އެންގުމާއި ، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން
  5. އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތައް އިސްވެރިޔާގެލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން
  6. ހޮސްޕިޓަލާއި އަތޮޅު ތެރޭޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް ކުރުމުގައި އެހީތެރިވުން
  7. ހޮސްޕިޓަލާއި އަތޮޅުތެރޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޗުއްޓީއަށް އެދުމުން އެކަން ކަމާބެހޭ ފަރާތުގައި ދެންނެވުމާއި ލީވްއެޕްރުއަލް ނިންމުވާ މުވައްޒަފަށް ޙަވާލުކުރުމަށް ބާރުއެޅުން
  8. ހޮސްޕިޓަލުން ، މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމުއިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައިދިނުން
  9. އަތޮޅުގެޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކުރަންޖެހޭ މަރާމާތުތަކާގުޅިގެން ހުށައެޅޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވާ އެކަން ކުރެވޭނެމަގު ހޯދުމަށް މަސައްކަތް ކުރުން
  10. އެންޓްރީ ކަންތައްތައް ރަގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ބެލެހެއްޓުން
  11. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން
  12. ހޮސްޕިޓަލުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ހޮސްޕިޓަލަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން
  13. ހޮސްޕިޓަލުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުމަށް ބާރުއަޅައި ، އެކަމުގައި އެހީތެރިވުން
  14. ހޮސްޕިޓަލުގެ މަސައްކަތްތައް ( އިޢުލާނުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ) އިޢުލާނުކޮށް އެކަންތައްތައް އެންމެ އިންސާފުވެރި ގޮތުގައި ޤަވާޢިދާ އެއްގޮތަށް ކުރެވޭތޯބަލާ އެމަސައްކަތްތައްކުރުވުން
  15. ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ ވޯކްޝޮޕްފަދަ ބައްދަލުވުން ތަކުގައި އެހީތެރިވުން
  16. ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމުގައި އެހީތެރިވުމާއި ދުވަހުން ދުވަހަށް ފޮނުވުމަށް ބާރުއެޅުން
  17. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާ ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޤަވާޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން
  18. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތަކާއި ، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ހޮސްޕިޓަލުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިއަށްދާގޮތް ބެލުން
  19. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ގުޅޭ އެންމެހައި ކަންކަން ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ހިންގުން
  20. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒަށް މުވައްޒަފުން ހޯދުމާއި ވަޒީފާއިން ވަކިކުރުމާއި އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމުގެ ކަންކަން ސިވިލްސަރވިސްގެ ޤަވާޢިދާއި، މިނިސްޓްރީ އޮފް ހެލްތްގެ އުޞޫލުތަކާއި އެއްގޮތަށް ކުރުން
  21. ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނާއި ގުޅޭގޮތުން ސިވިލްސަރވިސް ވިއުގަ0.2އަށް އަޕްލޯޑްކުރަންޖެހޭ އެންމެހައި ލިޔެކިއުންތައް އަޕްލޯޑްކުރުން
  22. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފުންލައްވައި ވަޒީފާ ބަޔާނުގައި ސޮއި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  23. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ހަދާ ސޮއިކުރެވޭނެ ގޮތް ހަމަޖެއްސުން
  24. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ކަޑައަޅައި ކޮންމެ އަހަރަކަށް ބޭނުންވާ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކޮށް މުވައްޒަފުން ޓްރޭނިންގތަކުގައި ބައިވެރި ކުރުވުން އަދި ޓްރޭނިންގ ރެކޯރޑް ބެލެހެއްޓުން
  25. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ޗުއްޓީ ޕްލޭން ހަދާ، ޕްލޭނާއި އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލޭނެ އިންތިޒާމު ޤާއިމު ކުރުން
  26. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ ހިންގުން ހަވާލުކުރުމާއި ހިންގުން ހަވާލުވެ ތިއްބަވާ ބޭފުޅުންގެ ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެއްސުން
  27. ހޮސްޕިޓަލް މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން
  28. ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުގެ ޓެކްނިކަލް މުވައްޒަފުންގެ މެޑިކަލް، ނާރސިންގ، އެލައިޑް ފަދަ ކައުންސިލްގެ ރެޖިސްޓްރޭޝަނާއި ޕްރެކްޓިސް ލައިސެންސްގެ އެންމެހާ ކަންތައް ބެލެހެއްޓުން
  29. މުވައްޒަފުންނާއި ވަގުތީގޮތުން ހަވާލުކުރަންޖެހޭ މަސައްކަތް ޙަވާލުކުރުން
  30. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ގުޅުން ހުންނަ އެންމެހައި މައްސަލަތައް ހިގާ ނުހިގާގޮތް ބަލައި ދިރާސާކޮށް ސްޕަވައިޒަރުންގެ ލަފާއާއި އެކު ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  31. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ޕާފޮމެންސް އެޕްރައިޒަލް ސިވިލްސަރވިސް ޤަވާޢިދާއި އެއްގޮތަށް ފުރިހަމަ ކުރެވޭނެ އިންތިޒާމު ޤާއިމުކޮށް އެޕްރައިޒަލްގެ ރިޕޯރޓް ކަޑައެޅިފައިވާ މުއްދަތަށް ސީ.އެސް ވިއުގަޔަށް އަޕްލޯޑް ކުރުމާއެކު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން، އެޕްރައިޒަލް އާއި ގުޅޭ އެންމެހައި ކަންކަމަށް މިނިސްޓްރީ އޮފް ހެލްތާއި ސިވިލްސަރވިސްއަށް ޖަވާބުދާރީވުން
  32. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ އެޑްމިން އެޗް.އާރގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން
  33. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ލިއުމުން އަންގަންޖެހޭ އެންމެހައި އެންގުންތައް ޤަވާޢިދުން މުވައްޒަފުންނަށް އެންގޭނެ އިންތިޒާމެއް ޤާއިމުކޮށް މުވައްޒަފުންނަށް އެންގިފައިވޭތޯ ޔަޤީން ކުރުން
  34. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ ސެކްޝަންތަކުގެ ސްޕަވައިޒަރުންގެ މަސައްކަތް ޤަވާޢިދާއި އެއްގޮތަށް ހިގަމުންދޭތޯ ބަލާ އިންޓަރނަލް އޮޑިޓެއް ހަދާ ރަގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ ރަގަޅު ކުރާނެގޮތުގެ އިރުޝާދު ދިނުން
  35. ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލު ސްޕަވައިޒަރުންނާއި ގުޅިގެން އެކުލަވާލާ ފަސޭހައިން ފެންނަގޮތައް ހަމަޖެއްސުން
  36. މަހަކު އެއްފަހަރު ސެކްޝަންތަކުގެ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާ ބައްދަލުވުމުގެ ރިޕޯރޓް ޞިއްޙީމަރުކަޒު ހިންގަން ހުންނަ ފަރާތަކަށް ފޮނުވައި މުވައްޒަފުން ހުށަހަޅާ ކަންކަމަށް ޤަވާޢިދާއި އެއްގޮތަށް މަގުފަހިކޮށް ދިނުން
  37. އެޑްމިން އެޗް . އާރަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ އެ މައްސަލަތަކާއި ގުޅިގެން ބައްދަލުކުރަންޖެހޭ ފަރާތްތަކާއި ބައްދަލުކޮށް މައްސަލަތަކަށް ޙައްލު ހޯދައި ދިނުން
  38. ހަފްތާގެ އެއްދުވަހު އޮންނަ ސީނިއަރ މެނޭޖްމެންޓް މީޓިންގގައި ބައިވެރިވެ ބައްދަލުވުމުން ނިންމާ ނިންމުންތައް ތަންފީޒުކުރުން
  39. އެޑްމިން، އެޗް. އާރގެ ޗުއްޓީއަށްދާ މުވައްޒަފުންގެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  40. ޙަވާލުވެފައިވާ މަސައްކަތާއި ގުޅިގެން ސެކްޝަނަށް އަންނަ ސިޓީ/މެސެޖްތަކަށް ޖަވާބުދާރީވުން
  41. ސެކްޝަންގައި ކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ޔަވްމިއްޔާ ލިޔާ ފަރާތްތަކަށް ފޮނުވުން
  42. އަހަރީ ރިޕޯޓް އެކުލަވާލުން 
  43. މަންތްލީ ރިޕޯޓްތައް މަހުންމަހަށް ނިންމުމަށް ބާރުއެޅުމާއި، ރިޕޯޓްތައްް މިނިސްޓްރީ އަށް ފޮނުވުމަށް ބާރުއެޅުން
  44. ހޮސްޕިޓަލްގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ހިނގާގޮތް ބަލާ މަސައްކަތުގައި އެހީތެރިވުން
  45. ހޮސްޕިޓަލްގެ އެކްޝަންޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން
  46. ހޮސްޕިޓަލަށް ހުށަހަޅާ ޝަކުވާތަކާއި، ހިޔާލްތައް ބަލައިގަނެ އިސްލާހްކުރަންޖެހޭ ކަންކަން އިސްލާހުކުރުމުގެ މަސައްކަތުގައި އިސްވެރިންނަށް އެހީތެރިވުން
  47. ހޮސްޕިޓަލްގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ހިގާ ނުހިގާގޮތް ބެލުން

މަޤާމުގެ ޝަރުތުތައް

 މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

 ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް،  ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ށ. އަތޮޅު ހޮސްޕިޓަލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް   

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހު ގެ 14:00ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6540616) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  06 އޮކްޓޯބަރ 2019 އާއި 28 އޮކްޓޯބަރ 2019 އާ ދެމެދު، ށ. އަތޮޅު ހޮސްޕިޓަލް ގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540061 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

                                  19 މުޙައްރަމް 1441 

18 ސެޕްޓެންބަރު 2019
ހޯދާ