ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓީޝަން

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ސްޓެޓިސްޓީޝަން  

މަޤާމުގެ ނަންބަރު:

252428  J-

ބޭނުންވާ އަދަދު:

1 (އެކެއް)

ބޭނުންވާ މުއްދަތު:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސް ސެކްޝަން

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް /މާލެ

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް :

 މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ  ޑިސިޕްލިންތަކަކީ ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް އެވެ.  ޓެކްނިކަލް  ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެލިފައިވާ ސަޕޯޓިންގ ކޯ  އެލަވަންސް ގެ ގޮތުގައި-/900 ރުފިޔާ  ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 (ސްޕެޝަލް ޑިއުޓީ ) އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް އެކައުންޓްސް ސެކްޝަނުގެ މަސައްކަތްތައް ސެކްޝަން ހިންގެވުމާ ހަވަލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ކުރިއަށް ގެންދިއުމާއި އެމަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި  ސެކްޝަނުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.
  2. ޤައުމުގެ އިޤްތިޞާދު ތަރައްޤީވާ މިންވަރު (ޖީ.ޑީ.ޕީ) އަންދާޒާކުރުމުގައި އިޤްތިޞާދީ ބައިތަކުގެ އިންޑިކޭޓަރސް  އަޕްޑޭޓްކުރުން.
  3. ސަޕްލައި އެންޑް ޔޫސް ޓޭބަލްއަށް ބޭނުންވާ އިންޕުޓް އައުޓްޕުޓް ސަރވޭގެ ސާމްޕަލް ނެގުން
  4. އިންޕުޓް އައުޓްޕުޓް ސަރވޭގެ ފޯމުތައް ފޮނުވުން
  5. އިންޕުޓް އައުޓްޕުޓް ސަރވޭގެ ޑޭޓާ އެންޓާކުރުމާއި ޓެބިއުލޭޓްކުރުން
  6. އިންޕުޓް އައުޓްޕުޓް ސަރވޭ އެނަލިސިސް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން
  7. ސަޕްލައި އެންޑް ޔޫސް ޓޭބަލް ބޭނުންކޮށްގެން އިންޕުޓް އައުޓްޕުޓް ޓޭބަލް ހެދުމާއި ރިޕޯޓް އެކުލަވާލުން
  8. އިޤްތިޞާދީ ތަފާތުބައިތަކަށް ތައްޔާރުކުރެވޭ އިންޓަރ ގްރޭޓަޑް އެކައުންޓްސް ( ސެކްޓަރ އެކައުންޓްސް ) ތައްޔާރުކުރުން.
  9. ކޮސްޓް އޮފް ކޮންސްޓްރަކްޝަން އިންޑެކްސް އަށް ބޭނުންވާ މައުލޫމާތު އެއްކުރުން (ބޭނުން ޖެހިއްޖެ ހިނދެއްގައި ފިހާރަތަކުން އަގުނެގުމަށް ދިއުން)
  10. ކޮސްޓް އޮޕް ކޮންސްޓްރަކްޝަން އިންޑެކްސް އެކުލަވާލުމާއި ރިޕޯޓު ތައްޔާރުކުރުން
  11. ޓުއަރިޒަމް ސެޓެލައިޓް އެކައުންޓްއަށް ބޭނުންވާ މައުލޫމާތު އެއްކުރުން
  12. ޓުއަރިޒަމް ސެޓެލައިޓް އެކައުންޓް އެކުލަޥާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވުން
  13. ޔުނިޓް ވެލިއު އިންޑެކްސް އެކުލަވާލުން
  14. އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބުތަކުން ނެގޭ މައުލޫމާތު ދިރާސާކޮށް ރިޕޯރޓު އެކުލަވާލުން.
  15. ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އަހަރީ ރިޕޯޓްތައް އެއްކުރުން.
  16. އެން.ބީ.އެސް އިން ކުރާ ސަރވޭތަކުގައި ބައިވެރިވުން
  17. އިކޮނޮމިކް ސަރވޭ/ ސެންސަސް އިން ނެގޭ މައުލޫމާތު ދިރާސާކޮށް ރިޕޯރޓު އެކުލަވާލުން.
  18. ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  19. ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒިފާ އަދާކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. 1. ސްޓެޓިސްޓިކްސް ނުވަތައިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ނުވަތަ ފައިނޭންސް  ނުވަތަ އެކުއުންޓިންގ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ )ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް  ނުވަތަ ފައިނޭންސް  ނުވަތަ އެކުއުންޓިންގ )ގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.                                                                    ނުވަތަ

2.ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް  ނުވަތަ ފައިނޭންސް  ނުވަތަ އެކުއުންޓިންގ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ބިއުރޯގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29  ސެޕްޓެމްބަރ 2019  ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބިއުރޯގެ ކައުންޓަރުން ( ވަގުފް ބިލްޑިންގް 9 ވަނަ ފަންގިފިލާ) އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން ކުރުން އޮންނާނީ،  އިއުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާ ތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މިމުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

  • ތައުލީމަށް ލިބުނު މާކްސްގެ އިންސައްތަ %30
  • ތަމްރީނަށް ލިބުނު މާކްސްގެ އިންސިއްތަ % 5
  • ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނަށް ލިބުނު މާކްސްގެ އިންސައްތަ %5
  • ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މަރކްސްގެ އިންސައްތަ
  • މަސައްކަތުގެ ހުނަރަށް ލިބުނު މާކްސްގެ އިންސައްތަ %45

 

ނޯޓް: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %55 (ފަންސާސްފަހެއް) އިންސަތަ އަށްވުރެން މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

18  މުޙައްރަމް  1441 ހ

17 ސެޕްޓެމްބަރ 2019 މ

17 ސެޕްޓެންބަރު 2019
ހޯދާ