މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

c

 

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާSECRETARIAT OF THE KOLHUFUSHI COUNCIL                         

     ކޮޅުފުށި                                                                                      MULAK ATOLL   ދިވެހިރާއްޖެ                                                                     Rep Of Maldives                       

އިޢުލާން

      ނަންބަރު:(IUL)367-AS/367/2019/54

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

      J-314099

މަޤާމުގެ ނަންބަރު:

1                                        

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް 2

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ / މ. ކޮޅުފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

6,295.00 ރުފިޔާ (މަހަކު)

މުސާރަ:

2,000.00 ރުފިޔާ (މަހަކު)

މި މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ  ޑިސިޕްލިންއަކީ އާބަން ސްޓަޑީޒްއެވެ.  ޓެކްނިކަލް  ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ. (މަހަކު 1,762.60 ރުފިޔާ).

ސަރވިސް އެލެވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ޓެކްނިކަލް ކޯ އެލަވަސްއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުންސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 900.00 ރުފިޔާ (މަހަކު).

އެހެނިހެން އެލަވަންސް:

  1. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި، އުޅަނދުފަހަރާއި، މަގުތަކާއި ޕާކުތަކާއި މިފަދަތަންތަނަށް ނަންދިނުމާއި، ރަށުގެ މަގުހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  2. ޕްރީސްކޫލް ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ރާވާހިންގުން.
  3. އިޖްތިމާޢީ މަރުކަޒުތާކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުން. 
  5. މިސްކިތްތަކަށް ލިބޭ ގެއްލުންތައް ބަލާ، މަރާމާތު ކުރަންޖެހޭ ކަމެއްހުރިނަމަ ޒިންމާދާރުވެރިޔާގެ ސަމާލުކަމަށް ގެނެސް، ކައުންސިލްގެ އަންގާ ގޮތެއްގެ މަތިން ކުރުން.
  6. ރަށުގެ ޗާޓުކުރެހުމާއި ބިން ބޭނުންކުރާނެގޮތުގެ ޕްލޭންހެދުން. 
  7. ރަށުން ދޫކުރާ ބިންތައް ދޫކުރުމުގެ މަސައްކަތްތައް ކައުންސިލްގެ ލަފާގެ މަތިންކުރުން.
  8. ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތް ކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން.
  9. ލޭންޑްޔޫސް ޕްލޭންގައިވާ ގޮތުގެމަތިން އެކި ކަންކަމަށް ބިންދޫކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ހޯދުމާއި، ބިމާއިބެހޭގޮތުން ކުރަންޖެހޭ އިދާރި މަސައްކަތްތައް ޒިންމާދާރުވެރިޔާ / ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން ކުރު  
  10. މަގުހިނގާ މީހުންނަށާއި، ދުއްވާތަކެއްޗަށް އުނދަގުވާގޮތަށް ހުންނަ ތަކެތި އަދި ރުއްގަސް ނެގުމާއި މަގަށް ފެންއެޅޭގޮތަށް ދޫކޮށްފައިވާ ދިޔަދޮވި ތަކުގެ މައްސަލަތައް ހައްލުކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އަދި އާބަންސްޓަޑީސް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ  ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%35)
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު (%5)
  • ސިވިލްސަރވިސް ވަޒިފާއަށް ވަނުމަށްދެވޭ އިމްތިޙާން (%5)
  • މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ ()
  • އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެކުޓިކަލް ( %40)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ ގެ 14:00 ގެ ކުރިން، މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6720607 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ 29 ސެޕްޓެމްބަރ 2019 އާއި 03 އޮކްޓޯބަރ 2019 އާއި ދެމެދުގެ ތާރީހެއްގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ.

 

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720606 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަމްބަރަކީ 6720607 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

އިތުރު މައުލޫމާތު

       17 މުޙައްރަމް 1441

                           16 ސެޕްޓެންބަރު 2019

 

 

17 ސެޕްޓެންބަރު 2019
ހޯދާ