މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޔުނީފޯރމްތައް ޑިޒައިންކޮށް، ތައްޔާރުކޮށް، ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ ޔުނީފޯރމްތައް ޑިޒައިންކޮށް،ތައްޔާރުކޮށް،ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިކުންފުނީ(އެމް.އޭ.ސީ.އެލް)ގެ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމް، މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް ޑިޒައިންކޮށް، ތައްޔާރުކޮށް އަދި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ސެފްޓެންބަރު 24 ވާ އަންގާރަދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

 ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރު 15 ވާ އަންގާރަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޫބަރު 15 ވާ އަންގާރަދުވަހުގެ މެންދުރު 14:00  ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 ސެޕްޓެންބަރު 2019
ހޯދާ