އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ނަންބަރު:A/IUL/344/2019/40

 

އިޢުލާން

މަޤާމް

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-315861

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ

މުއްދަތު

12 ސެޕްޓެމްބަރު 2019 ން 12 ސެޕްޓެމްބަރު 2021

މަޤާމްގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ފެރިދޫ ކައުންސިލްގެ އިދާރާ

އޮފީސް ޔުނިޓް

ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

މުސާރަ

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަޞްއޫލިއްޔަތުތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. މުވައްޒަފުންގެ މުސާރައިގެ މަސައްކަތް
  • މިކައުންސިލް އިދާރާގެ ކައުންސިލް މެންބަރުންނާއި މުވައްޒަފުން އަދި މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ޝީޓްތައް ޤަވާޢިދާއި އެއްގޮތަށް މަހުން މަހަށް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތަށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
  • މުވައްޒަފުންގެ މުސާރަ ޖަމާވުމުން، އެ މަހެއް ނިމުމުގެ ކުރިން ފައިސާ ޖަމާކުރުމަށް ބޭނުންވާ އެންމެހާ ވައުޗަރ / ޗެކް / ޝީޓް ތައް ތައްޔާރުކޮށް ވެރިންގެ ސޮއިކޮށް ފައިސާ ޖަމާކޮށް އަދި ފައިސާ ޙަވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކަށް އެ މަހެއް ނިމުމުގެ ކުރިން ޙަވާލުކޮށް ނިންމުން
  • މުވައްޒަފުންގެ ޕެންޝަން ފައިސާއާއި މުސާރައިން ކުރެޑިޓް ސްކީމަށް ދައްކަންޖެހޭ ފައިސާ ކަމާބެހޭ ފަރާތްތަކަށް ދައްކަންޖެހޭ މުއްދަތަށް ދެއްކުން  

2. އެހެނިހެން ފައިސާގެ މަސައްކަތްތައް                                      

  • މިކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަމުންގެންދާ މިރަށު މިސްކިތްތަކުގެ އެންމެހާ ބިލްތައް ކައުންސިލްއަށް ލިބުމުން، ފޮނުވަންޖެހޭ އިދާރާތަކަށް މުއްދަތަށް ފޮނުވުމާއި އެބިލްތަކަށް ފައިސާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • އަދި މި ބިލްތަކުގެ ފައިސާ ޖަމާވުމުން، ފައިސާ ޚަރަދުކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ވައުޗަރ / ޝީޓްތައް ތައްޔާރުކޮށް ވެރިންގެ ސޮއިކުރުވުމަށްފަހު، ފައިސާ ޙަވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކަށް ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ޙަވާލުކޮށް ނިންމުން
  • ކޮންމެ މަހެއް ނިމުމުން މިކައުންސިލްގެ ތިޖޫރީގައި ހުރި ފައިސާ، އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުން
  • މިކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅައިގެން އެފައިސާ ހޯދުމަށް މަސައްކަތްކުރުން
  • މިކައުންސިލްގެ ތިޖޫރީ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް
  • ފައިސާ، ބަލައިގަންނަ ރަޝީދު ފޮތްތަކާއި، އެކައުންޓްތަކުގެ ޗެކް ފޮތްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  • މިކައުންސިލުން މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން
  • މިކައުންސިލުން ފާސްކުރާ ބަޖެޓް ބެލެހެއްޓުން

3. ފައިސާއާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް                              

  • ކޮންމެ ހަފްތާއަކު ތައްޔާރުކުރަންޖެހޭ މިކައުންސިލްގެ ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ވެރިންގެ ސޮއިކޮށް ފޮނުވަންޖެހޭ މިނިސްޓްރީތަކަށް މުއްދަތަށް ފޮނުވުން
  • މަހުން މަހަށް ޗެކް ރަޖިސްޓްރީތައް ތައްޔާރުކުރުން ބެލެހެއްޓުން
  • މަހުން މަހަށް ވައުޗަރ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން
  • މަހުން މަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓް ތައްޔާރުކޮށް ވެރިންގެ ސޮއިކުރުމަށްފަހު ފައިލްކުރުން
  • މިކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އާމްދަނީ ފައިސާއާއި، ޚަރަދުކުރި ފައިސާގެ މަސްދުވަހުގެ ރިޕޯޓް އަދި ކޭޝްފްލޯ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން.
  • މިކައުންސިލް އިދާރާގެ ނަމުގައިވާ ބޭންކް އެކައުންޓްތަކުގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްތައް މަހުން މަހަށް ތައްޔާރުކޮށް ބެލެހެއްޓުން
  • ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭނަށް ބިނާކޮށް ކައުންސިލް އިދާރާގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުން
  • އިންވެންޓްރީ ބެލެހެއްޓުމާއި މިކައުންސިލްގެ އިންވެންޓްރީގައި ހުންނަ ތަކެތި އަނބުރާ ދައްކާގޮތަށް / ކުއްޔަށް އެކިއެކި ފަރާތްތަކަށް ދޫކުރުން
  • ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް މުއްދަތަށް ފޮނުވުން
  • ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަމާބެހޭ މުއައްސަސާއަށް ފޮނުވުން
  • އިންޓާރނަލް އޮޑިޓިންގ ގެ މަސައްކަތްތައް ކުރުން

4. ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ އެންމެހާ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން          

  • ކައުންސިލްގެ ނަމުގައި ހިންގާ ވިޔަފާރިތަކުގެ ހިސާބުތަކާއި އެހެނިހެން ކަންކަން ބެލެހެއްޓުން
  • މިކައުންސިލްއާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން ހިންގާ ވިޔަފާރިތަކުގެ އެންމެހާ ކަންކަން ބެލެހެއްޓުން

5. އޮފީހުގެ މަސައްކަތާއިގުޅޭ ދާއިރާއިން އެ މުވައްޒަފަކާއި ޙަވާލުކުރެވޭ މަސައްކަތްތައް         

  • މުވައްޒަފަކުސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން، ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  • މިކައުންސިލްގެ އަޑުގަދަކުރާ މެދުވެރިކޮށް އާއްމުކުރުމަށް ޙަވާލުކުރެވޭ ލިޔުންތައް މިކައުންސިލްއިން ހެދިފައިވާ އެސް.އޯ.ޕީ އާއި އެއްގޮތަށް އާއްމުކުރުން
  • އޮފީހުގައި މަސައްކަތްކުރައްވާ މުވައްޒަފަކު ނެތިގެން އެވަގުތަކަށް މުހިއްމުވެގެން ކުރަންޖެހިއްޖެކަމެއް ކުރުން
  • އޮފީހުގެމުވައްޒަފަކު ހުރެވެސް، އެވަގުތަކީ އެމުވައްޒަފު ބުރަވަގުތަކަށްވާނަމަ، އެކަމެއް ކުރުމަށް ޒިންމާދާރުވެރިޔާ އެދިއްޖެނަމަ އެކަމެއް ކޮށްދިނުން

ޝަރުތު

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމަށް %35
  2. މަސައްކަތުގެ ދައިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް %5
  3. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނަށް %5
  4. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާއަށް
  5. ލިބިފައިވާ ހުނަރަށް (އިންޓަވިއު) %45

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

45% (ސާޅީސް ފަހެއް) އިންސައްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 25 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

  • އެޕްލިކޭޝަން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ، އެޕްލިކޭޝަން  ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމްތަކަށް ކުރިމަތިލާފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 29 ސެޕްޓެމްބަރު 2019 ން 03 އޮކްޓޫބަރު 2019 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި މު މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

 ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660545 އަށް ގުޅުއްވުން އެދެމެވެ.

 

                                16 މުޙައްރަމް 1441

15 ސެޕްޓެންބަރު 2019
ހޯދާ