މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ޤަބުރުސްތާނު ވިނަނޮޅާ ސާފު ކުރުން

    މިރަށު ޤަބުރުސްތާނު ވިނަނޮޅާ، ކުނިކަހާ ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިންދޭ މަޢްލޫމާތާއިއެއްގޮތަށް ޤަބުރުސްތާނު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އަގު (އަންދާސީ ހިސާބު) މަސައްކަތް ނިންމާލެވޭނެ މުއްދަތު އެނގޭގޮތަށް ތައްޔާރުކޮށް 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540051 އާއި ގުޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

    އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި އަންދާސީ ހިސާބު ހުށަހެޅޭ މަސައްކަތް ލިޔެ،  މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއެއް ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑު ކޮޕީއަކާއިއެކު ހުށަހެޅުއްވުންއެދެމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

12 ސެޕްޓެންބަރު 2019
ހޯދާ