ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް

ޑިރެކްޓަރ

މަގާމުގެ ނަންބަރު

J-248125

 

ބޭނުންވާ އަދަދު

01 (އެކެއް)

 

މުއްދަތު

ދާއިމީ

މަގާމުގެ ރޭންކު

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު / މާލެ، ދިވެހިރާއްޖެ

މުސާރަ:

8,835.00 ރުފިޔާ     

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވެންސް:

މުސާރައިގެ %35

ސަޕޯޓިން ކޯ އެލަވެންސް:

1,100 ރުފިޔާ

މަޤާމުގެ ދަޢިރާ:

އެޑްމިނިސްޓްރޭޝަން އަދި މެނޭޖުމަންޓް

ތައުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤައުމީ އަރުޝީފުގެ ސިޔާސަތުތަކާއެއްގޮތައް ޤައުމީ އަރުޝީފުގެ ރެކޯޑް މެނޭޖްމެންޓް ސެކްޝަން ހިންގުމުގެ އެންމެހައި ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ސްޕަވައިޒް  ކުރުން.

2. ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހި ދައުލަތުގެ ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ އެންމެހައި ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، އެ ޤަވާޢިދުތަކާއި އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެމަތިން ހިންގައި ސްޕަވައިޒް ކުރުން.

3. ޤައުމީ އަރުޝީފުގެ ރެކޯޑްމެނޭޖްމެންޓް ސެކްޝަނުގެ ކޮލިޓީ މެނޭޖްމަންޓް ނިޒާމުތައް ޤާއިމްކޮށް އެ ނިޒާމް ސްޕަވައިޒް ކުރުން.

4. ޤައުމީ އަރުޝީފުގެ ވެބްސައިޓް ކޮންޓެންޓް އަޕްޓޭޓް ކުރުންމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

5. ރިކޯޓްސް ޑިޒިޓަލައިޒޭޝަން މަސައްކަތް ހިންގައި ބެލެހެއްޓުން.

6. ދިވެހި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ މުވައްޒަފުން ޤައުމީ އަރުޝީފުގެ ޤާނޫނާއި ޤަވާޢިދާއި ރެކޯޑް މެނޭޖްމެންޓް ޕޮލިސީތަކަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވާ ސްޕަވައިޒް ކުރުން.

7. ޤައުމީ އަރުޝީފުން ދޫކުރާ ސަނަދުތައް ދޫކުރުމާބެހޭ މަސައްކަތް ވިލަރެސްކުރުން.

8. ޤައުމީ އަރުޝީފުގެ ރެކޯޑްތައް ބަލަހައްޓާނެ ގޮތުގެ ސިޔާސަތާއި، އުޞޫލުތަކާއި ގައިޑްލައިންތައް އެކުލަވައި ތަންފީޛުކޮށް ބެލެހެއްޓުމާއި އެކު ކަންތައްތައް ހިންގާގޮތް ސްޕަވައިޒް ކުރުން.

9. ޤައުމީ އަރުޝީފުގެ ރެކޯޑްތަކުގެ އުމުރު ދެމެހެއްޓޭނެ އިންތިޒާމްތައް ފުރިހަމަކުރުމާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް އެކަން އެންމެ އަކަށީގެންވާ ތޮތަށް ކުރިއަށް ދޭތޯ ބެއްލެވުން.

10. ޤައުމީ އަރުޝީފުގެ ރެކޯޑްމެނޭޖްމެންޓް ސެކްޝަންގެ މުވައްޒަފުންނާއި މަސައްކަތްތައް ހަވާލުކުރުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.

11. ޤައުމީ އަރުޝީފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރެކޯޑްތައް ބެލެހެއްޓުމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުންމާއި އެކު ސްޕަވައިޒް ކުރުން.

12. އެއިރެއްގެ ހާލަތާއި ގުޅޭގޮތުން ޤައުމީ އަރުޝީފުގެ ވެރިން ހަމަޖައްސަވާ ގޮތެއްގެ މަތިން ޤައުމީ އަރުޝީފުގެ އެހެން ސެކްޝަނެއް ހިންގައި ބަލަހައްޓަން ޙަވާލުކުރައްވައިފި ނަމަ، އެފަދަ މަސައްކަތްތައް ކުރުމާއި، ވެރިންގެ އިރުޝާދާއެއްގޮތައް ކުރަން ޙަވާލުކުރާ އޮފީހުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއެއްގޮތަށް ކުރިއަށް ދޭތޯ ބެލުން.

13. ކުއްލިގޮތަކަށް ކުރަންޖެހޭ މަސައްކަތްތަކާއި އޮފީހުގެ ހުރިހާ މުވައްޒަފުން ނުވަތަ ގިނަ މުވައްޒަފުން ގުޅިގެން މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

      (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

      (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެންބަރު 2019 ވާ (ހޯމަ) ދުވަހުގެ ގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ  26 ސެޕްޓެންބަރު 2019 އާއި 10 އޮކްޓޯބަރ 2019 އާ ދެމެދު، އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010966 އަށެވެ.

އީ-މެއިލް ކުރާނީ      [email protected]  އަށެވެ.

 

12 ސެޕްޓެންބަރު 2019
ހޯދާ