މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކޮންޕިއުޓަރ ސިސްޓެމާއި ކޮންޕިއުޓަރ ހާޑްވެއަރ ގަތުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ބޭނުމަށް ކޮންޕިއުޓަރ ސިސްޓެމާއި ކޮންޕިއުޓަރ ހާޑްވެއަރ ގަތުމަށް ބޭނުންވެގެން 27އޮގަސްޓް 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2019/233އަށް އެކަށީގެންވާ ތަރުޙީބެށް ލިބިފައިނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ އަމަލީ މަސައްކަތް ހިނގަމުންދާ 4 ރަށަކަށް އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ) އަށް ބޭނުންވާ ކޮންޕިއުޓަރ ސިސްޓެމާއި ކޮންޕިއުޓަރ ހާޑްވެއަރ ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކައި ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށާއި ރަށުކައުންސިލްތަކަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިއުލާނާއިއެކު ތިރީގައިވާ ލިޔެކިއުންތަށް އެއްކަރުދާސް ކުރަމެވެ.

  • ބޭނުންވާ ފާ ކޮންޕިއުޓަރ ސިސްޓެމާއި ކޮންޕިއުޓަރ ހާޑްވެއަރގެ ލިސްޓު ފޯރުކޮށްދޭންޖެހޭ ރަށްރަށާއިއެކު.
  • ކޮންޕިއުޓަރ ސިސްޓެމް ތަކުގެ ސްޕެސިފިކޭޝަންސް.
  • 'ޕްރައިޒް ޝެޑިއުލް'

ހުށަހަޅަންވީ ތަކެތި

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން ދެފިވައިވާ 'ޕްރައިޒް ޝެޑިއުލް' އާއި އެއްގޮތަށް)
  • ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު (30 ދުވަހަށްވުރެ އިތުރުނުވާގޮތަށް)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • މިފަދަ މަސައްކަތެއް (ކޮންޕިއުޓަރ ސިސްޓެމާއި ކޮންޕިއުޓަރ ހާޑްވެއަރ ސަޕްލައިކޮށްދިނުން) ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

 

ތަކެތި ފޯރުކޮށްދޭންޖެހޭ މުއްދަތު

  • ކޮންޓްރެކްޓް ކުރެވޭތާ ލަސްވެގެން 30 ދުވަހުގެތެރޭގައި މިނިސްޓްރީއަށް ތަކެތި ފޯރުކޮށްދިނުން.

 

 

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

 

އަގަށް:  80ޕޮއިންޓު   

 

 

ތަޖުރިބާ: 20 ޕޮއިންޓް

  • މިފަދަ މަސައްކަތެއް (ފަރުނީޗަރާއި ސްޓޭޝަނަރީޒް ސަޕްލައިކޮށްދިނުން)  ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 20 ޕޮއިންޓް)

-          ވޭތުވެދިޔަ 03 އަހަރުގެ ތެރޭގައި 35,000/-ރ (ތިރީސްފަސްހާސް) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 02 ޕޮއިންޓް ލިބޭނެއެވެ.

-          ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ.

 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ސެޕްޓެމްބަރ 18ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  2019 ސެޕްޓެމްބަރ 18ވަނަ ދުވަހުގެ 11:00 ޖަހާއިރު ހުށަހެޅުއްވުން އެދެމެވެ (ބަލައިގަނެވޭނީ ހަމަ އެކަނި ދެވިފައިވާ ގަޑީގަ ބިޑު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބިޑެވެ).

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

         ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018396، 3018395 

          އީމެއިލް : [email protected]

 

ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ : [email protected]

 

  • މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި 'ޕްރައިޒް ޝެޑިއުލް' ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
  • ފަރުނީޗަރާއި ސްޓޭޝަނަރީޒް ސަޕްލައިކޮށްދިނުން 30 ދުވަހަށް ވުރެ އިތުރު މުއްދަތެއް ހުށައަޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މ މިމިނިސްޓްރީއަށްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.

 

12 ސެޕްޓެންބަރު 2019
ހޯދާ