މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭގެ އިންޖީނުގެ ހިންގުމުގެ ހުއްދަ އައުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހުޅުލޭގެއިންޖީނުގެ ހިންގުމުގެ ހުއްދަ އައުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މި ކުންފުނިން ހުޅުލޭގައި ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އިންޖީނުގެ ހިންގުމުގެ ހުއްދަ، މޯލްޑިވްސް އެނާރޖީ އޮތޯރިޓީ (އެމް.އީ.އޭ)ގެ މިންގަނޑުތަކާއި އެއްގޮތަށް އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-F3/IL/2019/37 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރ 18 ވާ ބުދަދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އެމް.އީ.އޭގެ 'ޕަވަރ އިންޖިނީއަރިން ލައިސަންސީސް ލިސްޓް'ގެ ދަށުން ކެޓަގަރީ “G” ގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެއެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ސެޕްޓެންބަރ 29 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ސެޕްޓެންބަރ 29 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

11 ސެޕްޓެންބަރު 2019
ހޯދާ