އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މިރަށުގައި ހަދަންފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި މަސައްކަތް ތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަގު ހުށަހެޅުން

19 ސެޕްޓެމްބަރު 2019، ބުރާސްފަތި ދުވަހުގެ 10:00 ގައި

24 ސެޕްޓެމްބަރު 2019، އަންގާރަ ދުވަހުގެ 10:00 ގައި

 

މި މަސައްކަތަށް އެދި ހުށަހަޅާ އަގު ފޯމުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަގު ހުށަހަޅާ ފޯމު، މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް، އެ ބައްދަލުމުގައި ދޫކުރެވޭނެއެވެ. މީގެ އިތުރުން 2019 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ 10:00 އިން 2019 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 13:30 އާ ހަމައަށް މި އިދާރާއިން ލިބެން ހުންނާނެއެވެ.

 އަގު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަގު ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަގުފޯމުތައް ބަލައިނުގަންނާނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވަންވާނީ އެކަން އެގޭނެ ލިޔުމަކާއެކުއެވެ. 

10 ސެޕްޓެންބަރު 2019
ހޯދާ