ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

 

 

        ދިވެހިރާއްޖޭގެ ހައިކޯޓުން  ކުރެވުނު ނަންބަރު (IUL)95-PM/1/2019/36 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ 3 ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ، މި އިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

        ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް  http://www.highcourt.gov.mv/dhi/mediamanager/38_bid_info._sheet_-_03_computer_system.pdf

އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  

11 މުހައްރަމް 1441

10 ސެޕްޓެންބަރު 2019  

10 ސެޕްޓެންބަރު 2019
ހޯދާ