މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދު ކަނޑައެޅުމާބެހޭ

އިޢްލާން

 

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދު ކަނޑައެޅުމާބެހޭ

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް ފުވައްމުލަކު ސިޓީ އެދެވޭނެ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

  • ޣާޒީ މަގު / ފުވައްމުލަކު މެދުދާއިރާ
  • މުޙައްމަދު ޖަމާލުއްދީން މަގު / ފުވައްމުލަކު ދެކުނުދާއިރާ
  • ގެއްމިސްކިތްމަގު / ފުވައްމުލަކު އުތުރު ދާއިރާ

ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން، މިސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ.  24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެއެވެ.

މި މިޢްލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

09 ސެޕްޓެންބަރު 2019
ހޯދާ