މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު

ނަންބަރ:  F3C-A/2019/05

ތާރީޚް:   08 ސެޕްޓެމްބަރ 2019

ޝަރުޢީ ދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޙަވާލުކުރެވޭ މަސްއޫލިއްޔަތު

އިދާރީގޮތުން ކޯޓުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

ނިސްބަތްވާ މަޤާމާއި ރޭންކް

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރޭންކް GS1).

ޢަދަދު

01  (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން / (ވަގުތު)

ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓް / (ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް)

އުޖޫރަ

  • ޙާޟިރުވާ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް -/20 (ވިހި ރުފިޔާ)

އަސާސީ ޝަރުތު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • ސެކްރެޓަރީކަމުގެ ސަނަދު އޮތުން. ނުވަތަ،
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 01 ކްލެސިފިކޭޝަންގައި މަދުވެގެން 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަސްއޫލިއްޔަތު:

  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށާއި ކޯޓްތަކަށާއި ސަރުކާރުގެ އޮފީސްތަކަށާއި އަދި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ މެސެޖް، ސިޓީ، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވުމާއި ޖަވާބުދޭންޖެހޭ ލިއުންތަކަށް ޖަވާބުދިނުން.
  • ދުވަސްވީ ޝަރުޢީ ލިޔުންތަކާއި ވަރިކާވެނީގެ ސެޓްފިކެޓް ހޯދުމަށާއި ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކަށް އެތަކެތި ލިބޭނެގޮތް ހަމަޖެއްސުން.
  • ޤަޟިއްޔާތަކާއި ގުޅޭ ފައިލްތައް ބަރާބަރަށް ބެލެހެއްޓުމާއި ޤަޟިއްޔާ ރިޕޯޓް އާއި މަޙްޟަރު ބަޔާންތައް އަދި ކުށުގެ ރެކޯޑްސް ބަލަހައްޓާ ފޮތްތައް / ފައިލްތައް ބަރާބަރަށް ބަލަހައްޓާ ފުރިހަމަކޮށް ފައިލްކުރުން.
  • ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުމާއި ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ތައްޔާރުކޮށް މަސައްކަތު މީހާއާއި ޙަވާލުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ.
  2. ކޮންޓްރެކް އުޞޫލުން މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާސްކްރިޕްޓްގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  5. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

  • 2019 ސެޕްޓެމްބަރ 12ވާއާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް މިކޯޓްގެ ނަންބަރ 6600163 އަށް ގުޅުއްވުން އެދެމެވެ.
  • ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢްލާނުގައި ބަޔާން ކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ހުށަހެޅުން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ކޮންޓްރެކްޓް އުސޫލުން ދުވަހު އުޖޫރައަށް މީހުން ހަމަޖެއްސުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް އެކްސެލް ޕެކޭޓް ބޭނުން ކުރަން އެނގޭ ފަރާތެއްކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
08 ސެޕްޓެންބަރު 2019
ހޯދާ