މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރު: IUL)23-L/23/2019/336)

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ތާރީޚް: 8 ސެޕްޓެމްބަރ 2019

 

 

 

ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފައްދާފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ތިރީގައި ދަންނަވާފައިވާ މަޤާމު ހުސްވެފައިވާތީއެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ބޭނުންވާ ޢަދަދު

1 ޤާނޫނީ ވަކީލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙްލާޤީ އަދި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް މިޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫޅިއްޔަތު ކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

-          ޝަރީޢާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ  30 މާރކްސް                       

-          ޝަރީޢާ އެންޑް ލޯ އިން އޮނާރސް ޑިގްރީ 40 މާރކްސް

-          ޝަރީޢާ އެންޑް ލޯ އިން މާސްޓަރސް    55 މާރކްސް

-          ޤާނޫނީ ދާއިރާއަކުން ޕީ.އެޗް.ޑީ         75 މާރކްސް

 

ޤާނޫނީ ދާއިރާ އާއި ގުޅުންހުރި އެހެނިހެން ތައުލީމީ ސެޓްފިކެޓްތައް:

-          ޑިޕްލޮމާ    05 މާކުސް

-          ޑިގްރީ     10 މާކުސް

-          ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ 15 މާކުސް

-          މާސްޓަރސް 20 މާކުސް

-          ޕީ.އެޗް.ޑީ   30 މާކުސް

މަސައްކަތު ތަޖުރިބާ

-          މަދުވެގެން 5 (ފަހެއް) އަހަރުދުވަހު ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.

5 އަހަރު ދުވަހުގެ ތަޖުރިބާ  30 މާރކްސް

7 އަހަރު ދުވަހުގެ ތަޖުރިބާ  40 މާރކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާރކްސް

12    އަހަރައް ވުރެއް މަތި ތަޖުރިބާ 60 މާރކްސް

 

-          އިއުލާންއަށް ކުރިމަތިލާ ފަރާތްތަކުގެ މާރކްސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެކެވެ.

-          ސްޕެޝަލިސްޓް ޑިގްރީ އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި އެޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.

މަޤާމައް ކުރިމަތިލާ މެމްބަރުންގެ ޝަރަތުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޙްލާގް ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޤާނޫނީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޤާނޫނީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޤާނޫނީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޤާނޫނީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޤާނޫނީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން. (ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް
  4. އައި.ޑީ.ކާޑު ކޮޕީ
  5. ސީވީ

ސުންގަޑި

17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014341 އަދި 3014330 އެވެ.

09 ސެޕްޓެންބަރު 2019
ހޯދާ