އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އަވަށްތަކުގެ ނެރުތަކުގައާއި ހާހަލުގައި ބައްތި ޖެހުމުގެ މަސައްކަތުގެ އިޢުލާނާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އިޢުލާން

އައްޑޫ ސިޓީ އަވަށްތަކުގެ ނެރުތަކުގައާއި ހާހަލުގައި ބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  (IUL)426-AA/426/2019/112 އިޢުލާނާއިގުޅިގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުންބޭއްވުން ދިމާވި ސަބަބަކާއިހުރެ ލަސްކުރުމަށްފަހު މިހާރުމިވަނީ މަޢުލޫމާތުސެޝަން ބާއްވާނެތަނާއި ވަގުތު ކަނޑައެޅިފައެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެ ބިޑް ބައްލަވައިގެންފައިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް، ނުވަތަ ހުޅުދޫ އަވަށު އޮފީހަށް ހާޒިރުވެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ.

އަދި، ބީލަންހުށަހެޅުން އޮންނާނީ 2019 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

09 މުހައްރަމް 1441 

09 ސެޕްޓެންބަރު 2019
ހޯދާ