މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކުދިންބަލަހައްޓާ

އިޢުލާން

މަޤާމް:

ކުދިންބަލަހައްޓާ

މަޤާމުގެ ނަންބަރު:

 J- 283521

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

SS 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 1)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ ތެރެއިން، ވިލިމާލޭގެ "ކުޑަކުދިންގެ ހިޔާ" ގައި ތިބޭ ކުދިން، ކުޑަކުދިންގެ ހިޔާއިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް، ބެލެހެއްޓުން.
  • "ކުޑަކުދިންގެ ހިޔާ" ގައި ތިބޭ ކުދިންނަށް ކާންބޯންދިނުމާއި، ފެންވެރުވުމާއި، ނިންދެވުމާއި، ސްކޫލަށް ގެންދިއުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • "ކުޑަކުދިންގެ ހިޔާ" ގައި ތިބޭ ކުދިން ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ހޮސްޕިޓަލަށް ގެންދިއުމާއި، ބޭސްދިނުމާއި، ކުދިން ބަލިވެއްޖެ ހިނދެއްގައި ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން. އަދި ހޮސްޕިޓަލުގައި ކުއްޖަކު އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އޮފީހުން ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލުގައި ކުއްޖާކައިރީ ޑިއުޓީކޮށް ބެލެހެއްޓުން.
  • "ކުޑަކުދިންގެ ހިޔާ" ގައި ތިބޭ ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން. އަދި ކުޑަކުދިންގެ ހިޔާ އިމާތާރުން ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެކުދިންނާއެކު އެތަންތަނަށް ގޮސް ކުދިން ބެލެހެއްޓުން.
  • ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ސާފުތާހިރުކޮށް ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަހައްދު (ފްލޯތައް) ސާފުތާހިރުކޮށް ބެލެހެއްޓުން.
  • "ކުޑަކުދިންގެ ހިޔާ" ގެ އިތުރުން ހުޅުމާލެ ފިޔަވަތި ގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއް

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް.
  • ޝިފްޓް އުސޫލުން މަސައްކަތްކުރެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ.

 

10 މުޙައްރަމް  1441ހ

9 ސެޕްޓެމްބަރު 2019މ

 

09 ސެޕްޓެންބަރު 2019
ހޯދާ