ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2019/20
އިޢުލާން
ކޮންޓްރެކްޓް އެމްޕްލޮއިމަންޓްގެ ދަށުން ކުނިކޮށި ބަލަހައްޓާނެ މީހުންބޭނުންވެއްޖެ
ކޮންޓްރެކްޓް އެމްޕްލޮއިމަންޓްގެ ދަށުން ކުނިކޮށި ބަލަހައްޓާނެ މީހުންބޭނުންވެއްޖެ
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 2 (ދޭއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ކުނިކޮށި / ނ.ވެލިދޫ ކައުންސިލްގެ އިދާރާ
މަޤާމުގެ މުސާރަ: =/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ
ރިސްކްއެލަވަންސް: -/1200 (އެއްހާސް ރުފިޔާ)
ޙާޟިރީ އެލަވަންސް: ޙާޟިރުވާ ކޮންމެދުވަހަކަށް -/20 ރުފިޔާ
ޢުމުރު: 18 އަހަރާއި، 65 އަހަރުގެ މީހުންކަމުގައިވުން.
މުއްދަތު: 2 (ދޭއް) އަހަރު
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، (ހަމަޖެހިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތިން)އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަންރަގަޅަށް ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. ނުވަތަ އެފަދަ މަސައްކަތެއްކުރުމަށް ޞިއްހަތު ސަލާމަތުންހުރި މީހެއްކަމުގައިވުން
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- ކުނިއުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީނުވެ އަމިއްލަގޮތުން ބަދިގެ ޑަސްޕިނާއި ކުނިއުކާލާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ދޫކުރަމުންދާ ގޭޓްފީ ސްލިޕް އެފަރާތްތަކަށް ދޫކުރުމާއި، ކޮންމެދުވަހަކުވެސް (ސަރުކާރު ބަންދު ދުވަސްފިޔަވާ) ކުރީދުވަހު ދޫކުރި ގޭޓްފީ ސްލިޕް އެންޓަރ ކުރުމަށްޓަކައި ސްލިޕް ފޮތް ގެނެސް ކައުންސިލްގެ އިދާރާގެ ކައުންޓަރާ ހަވާލުކޮށް އެންޓަރކޮށް ނިމުމުން ސްލިޕް ފޮތް ގެންދިއުން.
2- އަމިއްލަގޮތުން ބަދިގެ ޑަސްޕިނާއި، ކުނިއުކާލުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު 12:00 އަށް ކަމުގައިވިޔަސް އެނޫން ވަގުތެއްގައި މީހަކު އެފަދަ އެއްޗެއް ކޮއްޓަށް ގެންގޮއްސިނަމަ ގޭޓްފީ ސްލިޕް ދޫކުރުން. ހުކުރުދުވަހު 9:00 ން މެންދުރު 12:00 އަށް އެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަދިގެ ޑަސްޕިނާއި ނެޕީ އެކަންޏެވެ.
3- ބަދިގެ ޑަސްޕިނާއި، ކުނިބަރޯގެ ގޭޓްފީ -/5 (ފަސްރުފިޔާ) ކަމުގައިވިޔަސް ބަދިގެ ޑަސްޕިނާއި،ކުނިބަރޯއާއެކު ގެންގޮއްސިނަމަވެސް ސްލިޕް ހަދާނީ ދެބާވަތް ވަކިން -/5 (ފަސްރުފިޔާ) ގެ ރޭޓުންނެވެ.
4- އަމިއްލަގޮތުން ކުނިއުކާލާ ފަރާތްތަކުން ގެންދާ ކުނިވެސް އެބައިތައް އެޅުމަށް ހަމަޖެހިފައިވާ ބައިތަކަށް އެމީހަކު ނުވަތަ އެބަޔަކު ލައްވާ އެޅުވުމަކީ ކުނިކޮށި ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ.
5- ރަށުގައި އުފެދޭ ކުނި އެކިތަންތަނުން ނަގައި، ކުނިކޮއްޓަށް ގެންދިއުމުގެ މަސައްކަތްހަވާލުކޮށްފައިވާ ފަރާތުން (ރެސްޓްބްލޮކްސް ޕްރައިވެޓް ލިމިޓެޑް) ގެންދާ ކުނިވެސް އެކިބައިތައް އެޅުމަށް ހަމަޖެހިފައިވާ ތަންތަނަށް އެޅުވުމާއި، ވީހާ ރަނގަޅަކަށްއެކިބައިތައް ފަތްކުންޏާ ވަކިކޮށް އެކިބައިތަކަށްއެޅުމަކީވެސް ކުނިކޮށި ބެލެހެއްޓުމާހަވާލުވެފައިވާފަރާތުގެ ޒިންމާއެކެވެ.
6- ކުނިކޮށި އެތެރެ ވީހާވެސް ސާފުތާހިރުކޮށް ބޭއްވުމާއި ކުނިތައް އަބަދުވެސް ތަރުތީބު ކުރަންވާނެއެވެ.
7- ރ.ވަންދޫއަށް ކުނި ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ވެމްކޯގެ ޓީމް ކުނިބަލާ އައުމުން ކުނި ގެންދިއުމުގައި އެމީހުންގެ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދޭންވާނެއެވެ.
8- ކުނިނެގުމާއި، ކުނިކޮށި ބެލެހެއްޓުމާއި، ރ.ވަންދޫއަށް ކުނި ފޮނުވުމާއި، ރަށުތެރެ ސާފުކުރުމާއި ކުނީގެ އެންމެހައި މަސައްކަތް ހަވާލު ކުރެވި ފައިވަނީ ކައުންސިލް އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް ޔުނިޓާ ކަމަށްވާތީ، އެޔުނިޓުން އަންގާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 16 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން ވެލިދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
1-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2-ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ،
5-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2019 ސެޕްޓެމްބަރ 18 އާއި 30 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
09 މުޙައްރަމް 1441
08 ސެޕްޓެމްބަރ 2019