މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ކާބަން މާކެޓްސް އެންޑް ކޯޑިނޭޝަން

އިޢުލާން

މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ، ކާބަން މާކެޓްސް އެންޑް ކޯޑިނޭޝަން   

މަގާމުގެ ނަންބަރު:

J 249378

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

މުސާރަ:

-/7035  ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2462/25 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

1969/80 ރުފިޔާ

މަގާމުގެ ޝަރުތު

  1. ކްލައިމެޓޮލޮޖީ ނުވަތަ  އެންވަޔަރަންމެންޓަލް މެނޭޖުމަންޓު ނުވަތަ  އެންވަޔަރަންމެންޓަލް ސައިންސްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،އެންވަޔަރަންމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކްލައިމެޓޮލޮޖީ ނުވަތަ  އެންވަޔަރަންމެންޓަލް މެނޭޖުމަންޓު ނުވަތަ  އެންވަޔަރަންމެންޓަލް ސައިންސްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.  

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

1-  މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި މިބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އިސްކަންދޭ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ރާވާ ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުމާއި، މިމަސައްކަތުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛

2-  ގްރީންހައުސް ގޭސް މަދުން ބޭނުންކުރެވޭ ތަރައްޤީއަކަށް މަގުފަހި ކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި އަދި ޕްރޮގްރާމްތައް ހިންގުމުގައި ޑިޕާރޓްމަންޓުން ކުރާ ފަންނީ މަސައްކަތްތަކުގައި ބައިވެރިވެ މިކަމަށް ބޭނުންވާ ރިޕޯޓްތަކާއި އަދި ދިރާސާތައް ކުރިޔަށް ގެންދިއުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން؛

3-  ރާއްޖޭގެ ކުލައިމެޓް އެކްޝަން ޕްލޭން (އެން.ޑީ.ސީ.) ތަންފީޒުކުރުމަށް ބޭނުންވާ މަޝްރޫޢުތައް ތައްޔާރުކުރުމާއި މިފަދަ މަޝްރޫޢުތައް ތަންފީޒުކުރުމުގައި ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޢަމަލީ ގޮތުން ކުރުން؛

4-  މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ޙާސިލް ކުރަން ކަނޑައެޅިފައިވާ އަމާޒުތައް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

5- ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ހަދަންޖެހޭ ދިރާސާތައް ހެދުމުގައި ޑިޕާރޓްމަންޓުގެ ފަންނީ މުވައްޒަފުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

6-  ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގޭ ދެމެހެއްޓެނިވި ތަރައްޤީ އަދި މޫސުމަށް އަންނަ ބަދަލުތަކާއިގުޅޭ ތަފާތު އިނީޝިއޭޓިވްތަކުގައި ރާއްޖެއިން ބައިވެރިވުމާއިގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަމުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތު ކުރުން؛

7-  ދެމެހެއްޓެވި ތަރައްޤީ އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކޮށް ކަމާގުޅޭދާއިރާތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛

8-  މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ސަރުކާރުގެ ސިޔާސަތު ހާމަކުރަންޖެހޭ ޙާއްލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން މިކަންތައްކުރުން؛

9. ކްލައިމެޓް ޗޭންޖާއި ގުޅޭދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ޑިޕާރޓްމަންޓަށް އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާއި ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެއްޓާއި ގުޅޭ ދާއިރާތަކުން މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ހުރި ގުޅުމުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. މަސައްކަތާއި ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައި އެކިރަށްރަށުގައި ވަގުތު ހޭދަކުރުމަށް ޝަވްޤު ވެރިވާ މިންވަރު 
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019  ސެޕްޓެމްބަރ 18 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 19 ސެޕްޓެމްބަރ 2019 އާއި 26 ސެޕްޓެމްބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,3018328،3018329 އަށް ގުޅުއްވުން އެދެމެވެ.

                        09 މުޙައްރަމް   1441

                        08 ސެޕްޓެމްބަރ  2019    

08 ސެޕްޓެންބަރު 2019
ހޯދާ