މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުމަށް - ޖަޒީރާ ކެނޯ ރޭސް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީއިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ "ސަޤާފީ ބޮއްކުރާ ރޭސް" އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)88-B/88/2019/41) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޝައުގުވެރިކަމެއް ފާޅުކޮށްފައި ނުވާތީ އާއި "ސަޤާފީ ބޮއްކުރާ ރޭސް" މިހާރު "ޖަޒީރާ ކެނޯ ރޭސް" އަށް ބަދަލުވެފައިވާތީ، އެއިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

07 މުޙައްރަމް 1441

06 ސެޕްޓެންބަރު 2019
ހޯދާ