ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ކެޓަގަރައިޒްކޮށް ބޯޑު ޖެހުމާއި ބެހޭ:

ބަނދަރު ކެޓަގަރައިޒްކޮށް ބޯޑު ޖެހުމާއިބެހޭ:

 

ގދ. މަޑަވެލީ ބަނދަރު ކެޓަގަރައިޒްކޮށް ބޯޑު ޖެހުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. ބަދަލުގައި މީހަކު މަޢުލޫމާތު ސާފުކުރެއްވުމަށް ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

13:00

ބުރާސްފަތި

12 ސެޕްޓެމްބަރ 2019

މަޢުލޫމާތު ދިނުން

13:00

އަންގާރަ

17 ސެޕްޓެމްބަރ 2019

ބީލަން ހުށަހެޅުން

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ސެޕްޓެންބަރު 2019
ހޯދާ