ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ބަނދަރުގެ އުތުރުކޮޅާދިމާލުން ބަނދަރުމަތީގައި އައުޓުޑޯ ޖިމަކާއެކު ޕާކެއް ތަރައްގީ ކުރުން.

އިޢުލާން

 

ތ. ކަނޑޫދޫ ބަނދަރުގެ އުތުރުކޮޅާދިމާލުން ބަނދަރުމަތީގައި އައުޓުޑޯ ޖިމަކާއެކު ޕާކެއް ތަރައްގީ ކުރުން.

 

                  މިރަށު ބަނދަރާ ކައިރި ހިސާބަކުން 10000 އަކަފޫޓުގެ ބިމެއް ވިޔަފާރިއާއި، އެހެނިހެން ސިނާއީ މަސައްކަތްތައް ކުރުމަށް އަގަކާނުލައި 10 އަހަރުގެ މުއްދަތަށް، އަދި 10 އަހަރުވުމުން އެއިރަކު ސަރުކާރުން ހަމަޖައްސަވާފައިވާ ބިމުކުލީގެ އަގަށް އިތުރު 25 އަހަރު ދުވަހަށް ކުއްޔަށް ދިނުމުން މިރަށު ބަނދަރު ސަރަހައްދުގައި އައުޓުޑޯ ޖިމަކާއި، ޕާކެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

                  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ބިޑް ނުވަތަ ޕްރޮޕޯޝަލް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ނުވަތަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  05 މުޙައްރަމް  1441

                  04 ސެޕްޓެމްބަރ 2019 

04 ސެޕްޓެންބަރު 2019
ހޯދާ