ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 7151.26

ސަރވިސް އެލަވަންސް

މަހަކު 3064.83 ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / ހިއުމަން ރިސޯސް ޑިޕާޓްމަންޓް

ސްޕައިން ޕޮއިންޓް

24

ފަންތި/ގްރޭޑް

ADG5-1

މަޤާމުގެ ޝަރްޠުތައް:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯރސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިތުރު ގަޑީގެ ޙާޒިރީއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޒިރީ އާއި އެލަވަންސްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ހިއުމަންރިސޯސް މެނޭޖްމަންޓް ސިސްޓަމުން ސަލާމާއި، އާއިލީ ޒިންމާ ޗުއްޓީ އަދި އެހެނިހެން ޗުއްޓީތައް އަދި ދަތުރުތައް އަޕްޑޭޓްކޮށް ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޔުނިވާސިޓީގެ މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމާއިގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން އަދި ރެކޯޑްސް ބެލެހެއްޓުން.
  • މުސާރައާއި އެލަވަންސްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ވެރިޔަކު އަންގާ ގޮތެއްގެ މަތިން ހައްލުކުރުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ އަހަރީޗުއްޓީގެ ކަންތައް ބެލެހެއްޓުން.
  • ކޮންމެ އަހަރެއްގެ އަހަރު ފެށޭއިރު އެއަހަރަކަށް ކަޑައެޅިފައިވާ ބަޖެޓްގެ ތެރެއިން އެޗް.އާރް ސެކްޝަނަށް ކަޑައެޅިފައިވާ ބަޖެޓް ތައްޔާރުކުރުން.
  • ކުރާ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  • ޔުނިވާސިޓީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ޙާޟީރީ އާއި ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ ޙައްލުކުރުން.
  • ޔުނިވާސިޓީގެ މުވައްޒަފުން ރެޖިސްޓްރީވެފައިވާ އެކިއެކި ސްކީމްތަކަށް މުސާރައިން ކަނޑާ ރެކޯޑްތަކާއި މުވައްޒަފުންގެ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް މުސާރައިން ކަނޑާ ރެކޯޑްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސްޓޭޓަސް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ލޯން އެޅުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ޔުނިވާސިޓީގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސަލަރ – އެޑްމިން އެންޑް ފައިނޭންސް އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، ޔުނިވާސިޓީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
  • މުސާރަ ދިނުމަށް ސެޕް ސިސްޓަމަށް ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޅުން.
  • ޔުނިވާސިޓީގެ ސްޓަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ބަދަލަކާ އެއްގޮތަށް ސިސްޓަމްއިން ސްޓަކްޗަރ ފާސްކުރުމަށް ފޮނުވުން.
  • ޔުނިވާސިޓީގެ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމްގެ ކަންތައް ގަވާއިދުން ބެލެހެއްޓުމާއި، ސެޕް ސިސްޓަމަށް މުވައްޒަފުންގެ ރެކޯޑްތައް އަޕްލޯޑްކޮށް  ހިންގާ ބެލެހެއްޓުން.
  • ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ވެރިޔަކު އަންގާ ގޮތެއްގެމަތިން ކުރުން.
  • ހަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން ޔުނިވާސިޓީގެ އޮފީސް ހުޅުވައި ލެއްޕުން.
  • ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވާސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު  8:00 އިން 14:00 އަށެވެ
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  15 ސެޕްޓެމްބަރ 2019 އިން  30 އޮކްޓޫބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ސުންގަޑި:  

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
03 ސެޕްޓެންބަރު 2019
ހޯދާ